1950 އާއި 1960ގެ އަހަރުތަކުގެ އެންމެ ނުފޫޒްގަދަ އެއް ރޮކް އެންޑް ރޯލް ފަންނާނު ކަމަށްވާ ފެޓްސް ޑޯމިނޯ މަރުވެއްޖެ އެވެ.
އޭނާ މަރުވިއިރު އުމުރަކީ 89 އަހަރެވެ.
އޭނާގެ އެންމެ މަޝްހޫރު ލަވަތަކުގެ ތެރޭގައި "އެއިންޓް ދެޓް އަ ޝޭމް" އާއި "ބްލޫބެރީ ހިލް" ހިމެނެއެވެ.
ނިއު އޯލީންސް އަށް އުފަން ފެޓްސް ޑޯމިނޯ ވަނީ 65 މިލިއަނަށްވުރެ ގިނަ އަލްބަމް ވިއްކާފައެވެ. އެއީ އެލްވިސް ޕްރެސްލީ ފިޔަވައި 1950ގައި އުފެދުނު ރޮކް އެންޑް ރޯލްގެ އެހެން ފަންނާނުންގެ އަލްބަމްތައް ވިކުނު އަދަދަށްވުރެ މާ ބޮޑު އަދަދެކެވެ.
އޭނާ މަޝްހޫރު ލަވަ "ދަ ފެޓް މޭން" އަކީ ގިނަ ބަޔަކު ޤަބޫލުކުރާ ގޮތުގައި އެންމެ ފުރަތަމަ ނެރުނު ރޮކް އެންޑް ރޯލް ލަވައެވެ.
ޑޯމިނޯގެ މަރު އޭނާގެ އަންހެން ދަރިފުޅު ވަނީ މީޑިއާތަކަށް ކަށަވަރުކޮށް ދީފައެވެ.
ފެޓްސް ޑޯމިނޯގެ އަސްލު ނަމަކީ އެންޓޮއިން ޑޯމިނޯ ޖޫނިއަރ އެވެ. އަދި އޭނާ އަކީ ހުދު ނަސްލުގެ މީހުންގެ ތެރޭގައި މަޤްބޫލްކަން ހޯދި އެންމެ ފުރަތަމަ ރިދަމް އެންޑް ބްލޫސް ފަންނާނުންގެ ތެރޭގައި ހިމެނޭ މީހެކެވެ.
އެލްވިސް ޕްރެސްލީ ބުނެފައިވާ ގޮތުގައި ފެޓްސް ޑޯމިނޯ އަކީ ރޮކް އެންޑް ރޯލްގެ ހަޤީގީ ރަސްގެފާނެވެ.
ޑޯމިނޯގެ މަރާއި ގުޅިގެން ގިނަ ތަރިންތަކެއް ވަނީ ޓްވިޓާ މެދުވެރިކޮށް އެކަމުގެ ހިތާމަ ފާޅުކޮށްފަ އެވެ.