ގިނަ ދުވަސްތަކެއް ވަންދެން މީހުން އިންތިޒާރުކުރަމުން އަންނަ ފިލްމް ކަމަށްވާ "ވީރޭ ދި ވެޑިންގް" ގެ ފުރަތަމަ ޕޯސްޓަރު ދައްކާލައިފި އެވެ.
ސޯނަމް ކަޕޫރް އާއި ކަރީނާ ކަޕޫރް ޚާންގެ އިތުރުން ސްވަރާ ބާސްކަރް އަދި ޝިކާ ތަލްސޭނިއާ ލީޑް ރޯލްތަކުން ފެނިގެންދާނެ މި ފިލްމްގެ ޕޯސްޓަރު ވަނީ މިއަދު ޓްވިޓާ މެދުވެރިކޮށް އާންމުންނަށް ދައްކާލާފައެވެ.
Badhaai ho, #VeereDiWedding is finally fixed. You're invited 🙏#GetReadyForVeereDiWedding #SaveTheDateMay182018 pic.twitter.com/nb2Jp0M9Wf
— Veere Di Wedding (@vdwthefilm) October 25, 2017
ޝަޝަންކާ ގޯޝް ޑައިރެކްޓް ކޮށް މެހުލް ސޫރީ އާއި ނިދީ މެހެރާ ލިޔެފައިވާ މި ފިލްމް ރިލީޒް ކުރުމަށް ހަމަޖެހިފައި ވަނީ އަންނަ 2018 ވަނަ އަހަރުގެ ތެރޭގައެވެ.
އެގޮތުން މި ފިލްމް ރަސްމީކޮށް ރިލީޒް ކުރާނީ 18 މެއި 2018 ގައެވެ.