Last Updated: June 29, 06:08
Monday, June 29, 2026
މުނިފޫހިފިލުވުން

"ޕަދްމާވަތީ" ގެ "ގޫމަރް" ލަވަ ނެރެފި

މި އަހަރުގެ ޑިސެމްބަރު މަހު ރިލީޒް ކުރުމަށް ހަމަޖެހިފައިވާ ސަންޖޭ ލީލާ ބަންސާލީގެ ފިލްމް "ޕަދްމާވަތީ"ގެ ފުރަތަމަ ލަވަ ލޯންޗްކޮށްފި އެވެ.

"ގޫމަރް" ނަމަކަށް ކިޔާ މި ލަވައިން ފެނިގެންދަނީ ފިލްމްގެ ބަތަލާ ދީޕިކާ ޕާޑުކޯންގެ ހުނަރުވެރި ނެށުމެވެ.

ގާތްގަނޑަކަށް ތިން މިނެޓަށް ދިގުދެމިގެންދާ މި ލަވައިގައި ދީޕިކާ ހުށަހަޅައި ދެނީ ރާޖަސްތާންގެ ޘަޤާފީ ނެށުމެކެވެ. އެނގިފައިވާ ގޮތުގައި މި ލަވައިގެ ތެރޭގައި ދީޕިކާ ވަނީ އޭނާގެ ބަރު ހެދުމާއި ގަހަނާ އަޅައިގެން ޖުމްލަ 66 ފަހަރު އެނބުރިފައެވެ.

https://twitter.com/deepikapadukone/status/923152285764587520

މި ލަވަ ކިޔާފައި ވަނީ ހިތްގައިމު އަޑުގެ ވެރިޔާ ޝްރެޔާ ގޯޝާލް އާއި ސްވަރޫޕް ޚާން އެވެ. އަދި ލަވައިގެ ލިރިކްސް ލިޔެފައި ވަނީ އޭ އެމް ޓުރާޒް އެވެ. މީގެ އިތުރުން ލަވައިގެ ރާޖަސްތާނީ ލިރިކްސް ހަދާފައި ވަނީ ސްވަރޫޕް ޚާން އެވެ.

މި ލަވައިގެ ސްޓެޕްތައް ދީޕިކާ އަށް ދަސްކޮށްދީފައި ވަނީ ކްރުތީ މަހޭޝް މިދްޔާ އާއި ޖްޔޯތީ ޑީ ޓޮމްމާރް އެވެ.

ދީޕިކާ ބުނެފައިވާ ގޮތުގައި "ގޫމަރް" އަކީ މިހާތަނަށް އޭނާ ކުޅެފައިވާ އެންމެ އުނދަގޫ ލަވަ ކަމަށެވެ.

ޕަދްމާވަތީ އަކީ މި އަހަރުގެ އެންމެ ބޮޑު ފިލްމްތަކުގެ ތެރޭގައި ހިމެނޭ ފިލްމެކެވެ. ބަންސާލީ ޕްރޮޑަކްޝަންސް އިން އުފައްދާ މި ފިލްމުން ދީޕިކާ އިތުރުން ޝާހިދް ކަޕޫރް އާއި ރަންވީރް ސިންގް ވެސް ފެނިގެންދާނެ އެވެ.