Last Updated: June 29, 06:08
Monday, June 29, 2026
މުނިފޫހިފިލުވުން

"ދަ 15:17 ޓް ޕެރިސް" 2018 ގައި

ކްލިންޓް އީސްޓްވުޑްގެ ފިލްމް "ދަ 15:17 ޓު ޕެރިސް" ރިލީޒް ކުރާނެ ތާރީޚެއް ހަމަޖައްސައިފި އެވެ.

މިހާރު ހަމަޖެހިފައިވާ ގޮތުން އެ ފިލްމް ރިލީޒް ކުރެވޭނީ 8 ފެބްރުއަރީ 2018 ގައެވެ. އެހެންކަމުން އަންނަ އަހަރުގެ އެކެޑެމީ އެވޯޑްސް އަށް އެ ފިލްމް ނޯމިނޭޓެއް ނުވާނެ އެވެ. ސަބަބަކީ ފިލްމް ރިލީޒް ކުރުމުގެ އެއް މަސް ދުވަސް ކުރިން 2018 ވަނަ އަހަރުގެ އޮސްކާ ނޯމިނޭޝަންތައް އިއުލާން ކުރާނެތީ އެވެ.

"ދަ 15:17 ޓު ޕެރިސް" އަކީ 2015 ވަނަ އަހަރު ތެލިސް ޓްރެއިނަކަށް ދިން ޓެރަރިސްޓް ހަމަލާގެ މައްޗަށް ބިނާކޮށް އުފައްދާ ފިލްމެކެވެ. އެ ހާދިސާގައި ހަތަރު މީހަކަށް ވަނީ އަނިޔާވެފަ އެވެ. އީސްޓްވުޑް ވަނީ ފިލްމްގެ ލީޑް ރޯލްތަކަށް އެ ހާދިސާގައި ރައްޔިތުން ދިފާޢު ކުރުމުގައި ކެތްތެރިކަމާއި އެކު މަސައްކަތް ކުރި މީހުން ކަމަށްވާ އެންތޮނީ ސެޑްލާ އާއި އެލެކް ސްކާލޭތޮސް އަދި ސްޕެންސަރ ސްޓޯން ކާސްޓް ކޮށްފައެވެ.

މި ފިލްމަކީ އެ ތިން މީހުން ލިޔެފައިވާ ފޮތް ކަމަށްވާ "ދަ 15:17 ޓު ޕެރިސް: ދަ ޓްރޫ ސްޓޯރީ އޮފް އަ ޓެރަރިސްޓް، އަ ޓްރެއިން އެންޑް ތްރީ އެމެރިކަން ހީރޯސް" އަށް ބިނާކޮށް އުފައްދާ ފިލްމެކެވެ.