ދިވެހިރާއްޖޭގެ ޝަރުޢީ ދާއިރާގެ ތާރީޚުގައި އެއް ދުވަހެއްގެ ތެރޭގައި، އެއް ގާޒީއަކު ރެކޯޑު އަދަދަކަށް ޝަރުއީ މައްސަލަ ބަައްލަވާ ދުވަހަކަށް މިއަދު ވެގެން ދާނެއެވެ.
ސިވިލް ކޯޓުން މިއަދު ޝެޑިއުލްކޮށްފައިވާ 160 މައްސަލަ ބައްލަވާނީ އެ ކޯޓުގެ ގާޒީ މުހައްމަދު ހަލީމެވެ.
މީގެ ދެ އަހަރު ކުރިން ސިވިލް ކޯޓުގެ ގާޒީ ކަމަށް އައްޔަން ކުރި، ގާޒީ ހަލީމް ބައްލަވާ ފުރަތަމަ މައްސަލަ މިއަދު ހެނދުނު 8 ޖެހިއިރު ވަނީ ފަށާފައެވެ. މިއީ އާއްމު ގޮތެއްގައި ކޯޓުތަކުގައި ޝަރީއަތް ފަށާ ގަޑިއަށް ވުރެ އަވަސް ގަޑިއެކެވެ.
އާންމުގޮތެއްގައި ކޯޓުތަކުގައި ޝަރީޢަތް ހިންގަން ފަށާ އެންމެ އަވަސް ގަޑި އަކީ ވެސް ހެނދުނު 9:00 އެވެ.
ގާޒީ ހަލީމް މާދަމާ ބައްލަވާ 160 މައްސަލައިގެ ތެރެއިން އެންމެ ފަހު މައްސަލައިގެ ޝަރީއަތް ޝެޑިއުލްކޮށްފައި ވަނީ މިރޭ 10:30 އަށެވެ.