ސުޕްރީމް ކޯޓުގެ މުސްތަގިއްލުކަން ނަގާލައި ކޯޓު ކައިރިއަށް ޣައިރު ގާނޫނީ ގޮތުން އެއްވެ، ޕެޓިޝަން ހުށައެޅުމުގެ ސަބަބުން ސަސްޕެންޑުކުރި ވަކީލުންގެ ތެރެއިން އިތުރު 8 ވަކީލެއްގެ ސަސްޕެންޝަން އުވާލައިފިއެވެ.
ޖުމުލަ 54 ވަކީލަކު ސަސްޕެންޑުކޮށްފައިވާއިރު އެންމެ ފުރަތަމަ ސަސްޕެންޝަން އުވާލީ 13 ވަކީލެއްގެއެވެ. އެއަށްފަހު އިތުރު 19 ވަކީލަކު މައާފަށް އެދުމުން ސަސްޕެންޝަން އުވާލާފައިވާއިރު މިހާރު އަނެއްކާވެސް 8 ވަކީލަކަށް ވަކާލާތު ކުރުމުގެ ހައްގު ކޯޓުން ވަނީ ރުޖޫއަ ކޮށްދީފައެވެ.
އެހެންކަމުން މިހާރު ވަކާލާތު ކުރުމުގެ ހައްގުން މަހްރޫމްވެފައި ތިބީ ބާކީ 19 ވަކީލުންނެވެ. ޑީޖޭއޭއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ޑިޕާޓްމެންޓުން 8 ވަކީލެއްގެ މައްސަލަ ބަލައި، ސަސްޕެންޝަން އުވާލުމަށް ނިންމާފައިވާ ކަމަށެވެ.
* ލާތު ކުރުމުގެ ހުއްދަ ދިން އަށް ވަކީލުންނަކީ:
1، މޫސާ ސިރާޖް
2، އަބްދުﷲ ހުސެއިން
3، މަސްތޫރު ހުސްނީ
4، އަހުމަދު އަބްދުﷲ އަފީފް
5، ރުޝްދުﷲ އިބްރާހީމް
6، މުހައްމަދު ފަރީދު
7، ސަފާޢަތު ހަބީބް
8، ހަސަން ވަހީދު.