ކުޅުދުއްފުށީ ކުޅި ހިއްކައިގެން އެރަށުގައި އެއާޕޯޓް އެޅުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތް ހުއްޓާލުމަށް ގޮވާލައި އެންވައިރަމެންޓް މިނިސްޓްރީ ކުރިމަތީގައި ސުލްހަވެރި މުޒާހަރާއެއް ކުރަމުން އެބަދެއެވެ.
"އައްޑޫލައިވް"އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ތިމާވެށި ހިމާޔަތް ކުރާ ޖަމިއްޔާ ޖަމާއަތްތަކުގެ މެމްބަރުން ދަނީ ކުޅުދުއްފުށީ ކުޅި ހިއްކުމާއި ދެކޮޅަށް އަޑު އުފުލަމުންނެވެ.

ކުޅުދުއްފުށީ ކުޅި ހިއްކައި އެއާޕޯޓް އެޅުމަށް އެރަށަށް މަހާ ޖައްރާފާ ގެންގޮސްފައިވާ އިރު ކުޅީގައި ހުރި ބޮނބި އޮޅުތައް ވަނީ ކައުންސިލުން އަންގައިގެން ނަގަން ފަށާފައެވެ.
ކުޅި ހިއްކައިގެން އެއާޕޯޓް އަޅާތީ އެރަޜޫގެ ބައެއް މީހުން ދަނީ ކަންބޮޑުވުން ފާޅު ކުރަމުންނެވެ. އަދި ރާއްޖޭގެ އެކި ކަންކޮޅުތަކުންވެސް އެކަން ދަނީ ކުށްވެރި ކުރަމުންނެވެ. ނަމަވެސް ސަރުކާރުން އޭގެ އެއްވެސް އަޑެއް އެހުމެއް ނެތި މަސައްކަތް ކުރިއަށް ގެންދިއުމަށްވަނީ އަމާޒު ހިފާފައެވެ.