ސަރުކާރުން މަޖްލިސްއަށް ހުށަހެޅި ސަޕްލިމެންޓްރީ ބަޖެޓް ހުށަހެޅި ގޮތަށް ފާސްކޮށްފިއެވެ.
ބަޖެޓް ފާސް ކުރީ ސަރުކާރަށް ތާއިދު ކުރާ 39 މެމްބަރެއްގެ ވޯޓުންނެވެ.
ސަރުކާރުން ސަޕްލިމެންޓް ބަޖެޓްގެ ގޮތުގައި 493 މިލިއަން ހުށަހަޅާފައިވާ އިރު އޭގެ ތެރެއިން ބޮޑު ބަޔަކީ އާސަންދަށް ހާއްސަކޮށްފައިވާ ފައިސާއެވެ.
ފިނޭންސް މިނިސްޓަރ އަހުމަދު މުނައްވަރު ސަޕްލިމެންޓްރީ ބަޖެޓް ހުށަހަޅުއްވަމުން ވިދާޅުވީ ފައިސާ ހަމަ ނުޖެހިއްޖެނަމަ އާސަންދައިގެ ހިދްމަތް ހުއްޓިގެންދާނެ ކަމަށެވެ.
މިފަހަރު ހުށަހެޅި ސަޕްލިމެންޓްރީ ބަޖެޓްގައި މަޖްލިސްގެ ހަ ދާއިރާގެ ބައިއިލެކްޝަނަށް 26 މިލިއަން ވަނީ ހިމަނާފައެވެ.
ބަޖެޓް ކޮމެޓީން ފާސްވީ އިދިކޮޅު އެމްޑީޕީގެ 2 މެމްބަރުންގެ ވޯޓާއި އެކު ޖުމްލަ 13 ވޯޓު ލިބިގެންނެވެ. މިއަދު ބަޖެޓް ފާސް ކުރުމަށް ބޭއްވި މަޖްލިސް ޖަލްސާވެސް އިދިކޮޅު ފަރާތްތަކުން ވަނީ ބޮއިކޮޓްކޮށްފައެވެ.