ޝީޝާގެ ފަރާތުން ކުޅުދުއްފުށީގައި ޝީޝާ ޝޯ ރޫމަކާއި ސާވިސް ސެންޓަރެއް މާދަމާ ހުޅުވާ ގޮތަށް ހަމަޖައްސައިފިއެވެ.
ޝޯވް ރޫމް އާއި ސާވިސް ސެންޓަރ ހުޅުވުމުގެ ރަސްމިއްޔާތު އޮންނާނީ މާދަމާ ހަވީރު 4:30 ގައެވެ.
މިއީ ރާއްޖޭގެ އެންމެ މަގްބޫލް ސައިކަލް ބްރޭންޑް "ހޮންޑާ" ގެ އޮތޮރައިޒް ޑިސްޓިރިބިއުޓަރ ޝީޝާއިން އަތޮޅު ތެރޭގައި ހުޅުވާ ދެވަނަ އައުޓްލެޓެވެ.
ޝީޝާގެ ޗެއާމަން އަހުމަދު ހަސަން މަނިކު ވިދާޅުވީ ކުޅުދުއްފުށީގައި ހުޅުވާ އައުޓްލެޓްގެ ބޭނުމަކީ ހަމައެކަނި ސައިކަލް ވިއްކުން ނޫން ކަމަށާއި އެ ޝޯރޫމް ހުޅުވަނީ މާލެއާ އެއްގޮތަށް ސައިކަލް އިންސްޓޯލްމަންޓަށް ދޫކޮށް ސްޕެއާ އާއި ސާވިސް ވެސް ލިބޭ ގޮތަށެވެ.

މީގެ އިތުރުން ސާވިސް ސެންޓަރުން ސައިކަލަށް ދިމާވާ ހުރިހާ ކަމެއް ހައްލު ލިބިގެންދާނެކަމަށެވެ.
އަހުމަދު ވިދާޅުވީ ކުޅުދުއްފުށީ ޝީޝާ އައުޓްލެޓުންވެސް މާލެ އާއި އެއް އަގެއްްގައި ސައިކަލް ލިބޭނެކަމަށެވެ. އަދި ޝޯ ރޫމް ހުޅުވައިގެން ކުރިއަށް ގެންދާ ޕްރޮމޯޝަންގައި ސައިކަލްގެ ފުރަތަމަ ސާވިސް ހިލޭ ކޮށްދޭނެ ކަމަށެވެ.
ޝީޝާގެ ފަރާތުން މާލެ އާއި ހުޅުމާލެ އަދި ސ. ހިތަދޫގައި ދަނީ އައުޓްލެޓް ހުޅުވައި ހިދްމަތް ދެމުންނެވެ. އަހުމަދު ވިދާޅުވީ ކުޅުދުއްފުށީ އައުޓްލެޓަށް ފަހު ލ އަތޮޅުގައި އައުޓްލެޓެއް ހުޅުވުމަށް ވިސްނަމުން އަންނަ ކަމަށެވެ.