ސަނީ ލިއޯން އާއި އަރްބާޒް ޚާން އެކުގައި ކުޅެފައިވާ ފިލްމް "ތޭރާ އިންތެޒާރް"ގެ ޓްރެއިލާ ދައްކާލައިފި އެވެ.
ގާތްގަނޑަކަށް ދެ މިނެޓަށް ދިގުދެމިގެންދާ މި ޓްރެއިލާ އިން ފިލްމްގެ ކެރެކްޓާތައް ބެލުންތެރިންނަށް ތަޢާރަފްވެގެން ދެއެވެ.
ބޮލީވުޑްގެ މިއުޒިކަލް ރޮމޭންޓިކް ތްރިލާއެއްގެ ގޮތުގައި މަޝްހޫރުވެފައިވާ މި ފިލްމްގައި ދައްކުވައިދެނީ ވަރަށް ލޯބިން އުޅެމުން އަންނަ ދެމީހުންގެ ދިރިއުޅުމުގައި ދިމާވާ ހިތާމަވެރި ކަމެއްގެ ސަބަބުން އެމީހުންގެ ދިރިއުޅުން ބަދަލުވެގެންދާ ގޮތެވެ.
މި ފިލްމްގައި އަރްބާޒް އާއި ސަނީގެ އިތުރުން ސުދާ ޗަންދްރަން، ސަލީލް އަނޯކްލާ، ރިޗާ ޝަރްމާ، ގޯހަރް ޚާން، ހަނީފް ނޮއިޑާ އާއި ބާނީ ސިންގްގެ އިތުރުން އާރްޔާ ބައްބަރްގެ ހުނަރުވެރި އެކްޓިން ވެސް ފެނިގެން ދާނެ އެވެ.
ރާޖީވް ވާލިއާ ޑައިރެކްޓް ކޮށްފައިވާ މި ފިލްމް ރިލީޒް ކުރުމަށް ހަމަޖެހިފައި ވަނީ އަންނަ ނޮވެމްބަރު މަހުގެ 24 ވަނަ ދުވަހު އެވެ.