Last Updated: June 29, 02:43
Monday, June 29, 2026
މުނިފޫހިފިލުވުން

"ދަބަންގް 3" ގެ ޝޫޓިން އަންނަ އަހަރު ފަށާނެ: އަރްބާޒް

މިއީ ސަލްމާން ޚާން އާއި "ދަބަންގް" ފްރެންޗައިޒްގެ ފޭނުންނަށް ލިބޭނެ ވަރަށް އުފާވެރި ޚަބަރަކަށް ވެގެންދާނެ އެވެ.

އަންނަ އަހަރުގެ މެދުތެރޭގައި "ދަބަންގް 3"ގެ ޝޫޓިން ފެށޭނެ ކަމަށް އަރްބާޒް ޚާން ކަށަވަރުކޮށްދީފި އެވެ.

އެކްޓަރު، ޑައިރެކްޓަރު އަދި ޕްރޮޑިއުސަރު އަރްބާޒް ޚާން ދަނީ މިހާރު އެ ފްރެންޗައިޒްގެ ތިންވަނ ފިލްމްގެ ސްކްރިޕްޓް ތައްޔާރު ކުރުމުގެ މަސައްކަތް ކުރަމުންނެވެ. ވަރަށް އަވަހަށް އަރްބާޒްގެ ފިލްމް "ތޭރާ އިންތެޒާރް" ވެސް ރިލީޒް ކުރެވޭނެ އެވެ.

މަޢުލޫމާތު ލިބޭ ގޮތުގައި "ދަބަންގް 3" ގައި ސަނީ ލިއޯންގެ ޚާއްސަ ލަވައެއް ވެސް ފެނިގެންދާނެ އެވެ. އަދި ފަހަރެއްގައި ފިލްމްގެ އެހެން ރޯލަކުން ވެސް ސަނީ ލިއޯން ފެނިދާނެ ކަމަށް އަރްބާޒް ވަނީ އިޝާރާތް ކޮށްފައެވެ.