Last Updated: July 25, 18:05
Saturday, July 25, 2026
ކުޅިވަރު

ފޯރިގަދަ ކުޅުމަކަށް ފަހު މީދޫގެ މައްޗަށް އެފްއެޗްސީން ކުރި ހޯދައިފި

މެޗްގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި ޝަފީނާޒް. ފޮޓޯ: ސައުތު ޕޮލިސް ޑިވިޝަން ފޭސްބުކް ޕޭޖް

ޑަބްލިއުޑީސީ ޕޮލިސް ވޮލީ ޗެމްޕިއަންޝިޕް 2017 މުބާރާތުގެ ހަތަރު ވަނަ މެޗް ފޭދޫ ސިއްހީ މަރުކަޒުގެ ޓީމުން (ޓީމް އެފްއެޗްސީ) ކާމިޔާބުކޮށްފިއެވެ.

ފޭދޫ ވޮލީ ކޯޓުގައި ރޭ ކުޅުނު މެޗް ޓީމް އެފްއެޗްސީން ކާމިޔާބް ކުރީ މީދޫ ޓީމާއި ވާދަކޮށް 2-3 ސެޓުންނެވެ. ފޯރިގަދަ ކުޅުމެއް ފެނިގެން ދިޔަ މި މެޗްގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ، އެފްއެޗްސީގެ ޖާޒީ ނަންބަރު 4 އާމިނަތު ޝަފީނާޒެވެ.

ޖުމްލަ ހަތަރު ޓީމް ވާދަ ކުރާ މި މުބާރާތުގެ މެޗްތައް މިމަހުގެ 30 ވަނަ ދުވަހާއި ހަމައަށް ކުރިއަށް ގެންދާނެއެވެ. މިއީ އައްޑޫ އަންހެނުން ތަރައްޤީ ކުރާ ކޮމެޓީ (ޑަބްލިޔުޑީސީ) އާއި އައްޑޫ ސިޓީ ޕޮލިސް ގުޅިގެން ކުރިއަށް ގެންދާ މުބާރާތެކެވެ.

މިރޭ ވެސް މި މުބާރާތުގެ މެޗެއް ކުޅޭނެއެވެ. އެ މެޗްގައި ބައްދަލުކުރާނީ މަރަދޫ ފޭދުއާއި، އެފްއެޗުސީ އެވެ.