Last Updated: June 17, 10:15
Wednesday, June 17, 2026
ޚަބަރު

ޑްރަގް އެތެރެކުރަން އުޅުނު ޕާކިސްތާނު މީހަކު އަތުލައިގެންފި

ރާއްޖެއަށް މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ހެރޮއިން އެތެރެކުރަން އުޅުނު ޕާކިސްތާނުގެ ފިރިހެނަކު އަތުލައިގެންފިއެވެ.

ކަސްޓަމްސް އިން އެމީހާގެ ލަގެޖު ބަލައި ފާސްކޮށްފައިވަނީ އޭނާގެ އަމަލުތައް ހުރިގޮތުން ޝައްކު ކުރެވިގެންނެވެ. ފާސްކުރިއިރު އޭނާގެ ލަގެޖުން 427 ގުރާމުގެ ހެރޮއިން ވަނީ ފެނިފައެވެ.

އުމުރުން 40 އަހަރުގެ މިމީހާ މިހާރު ފުލުހުންނާއި ހަވާލުކޮށްފައިވާއިރު ކަސްޓަމްސް އިން ވަނީ މަސްތުވާތަކެތިވެސް ފުލުހުންނާ ހަވާލުކޮށްފައެވެ.

ދާދި ފަހުން އައްޑޫ ސިޓީއަށް ޕާޓީ ޑްރަގްސް އެތެރެކުރަން އުޅެނިކޮށްވެސް ކަސްޓަމްސް އިން ވަނީ އަތުލައިގެންފައެވެ.