އިންސާނަކު ހައްދަވާފައިވާ ސިފަޔަށް މަލާމާތްކޮށް ހަޖޫ ޖަހާނީ ބުއްދިއާއި އަޚުލާގީ ފެންވަރުވެސް ދަށް ވުމުން ކަމަށް މަކުނުދޫ ދާއިރާގެ މެމްބަރު އަނާރާ ނައީމް ވިދާޅުވެއްޖެއެވެ.
އަނާރާ ކުރެއްވި ޓުވީޓެއްގައި މިހެން ވިދާޅުވެފައިވަނީ ޕީޕީއެމްގެ ބައެއް ބޭފުޅުން ކުރީގެ އިލެކްޝަންސް ކޮމިޝަންގެ ރައީސް، ފުއާދު ތައުފީގަށް މަލާމާތްކޮށް ވައިބާ ގްރޫޕެއްގެ ތެރޭގައި ދެއްކި ވާހަކަ ލީކުވުމާއި ގުޅިގެންނެވެ.
އިދިކޮޅު ފަރާތްތަކުން ނެރޭ އިންތިގާލީ ކެންޑިޑޭޓަކީ ފުއާދު ކަމަށް ސޯޝަލް މީޑިޔާގައި އަޑު ފެތުރެން ފެށުމުން ޕީޕީއެމް މެމްބަރުން ތިބި ވައިބާ ގްރޫޕެއްގައި އޭނާއަށް މަލާމާތްކޮށް ފޮނުވި މެސެޖުތަކެއް ވަނީ ލީކުވެފައެވެ.
އެކަމަށް ފުއާދު ރައްދު ދީފައިނުވާއިރު އާންމު ރައްޔިތުންގެ ވަރަށް ގިނަ ބަޔެއްގެ ފާޑުކިޔުންތައް ވަނީ އެމެމްބަރުންނަށް އަމާޒުވެފައެވެ.