ޕްރިމިއާ ލީގުގައި މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ހޮޓްސްޕާސް މާދަމާ ކުޅޭ މެޗު އަނިޔާގެ ސަބަބުން ސްޕާސްގެ ފޯވާޑް ހެރީ ކޭންއަށް ގެއްލިއްޖެއެވެ.
ސްޕާސްގެ އެންމެ މުހިންމު އެއް ކުޅުންތެރިޔަކަށް ކޭން ވެފައިވާއިރު އޭނާ އޮތީ ލީގުގެ އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިންގެ ލިސްޓުގެ އެއްވަނައިގައެވެ.
އަންގާރަ ދުވަހު ސްޕާސް ކުޅުނު ލީގު ކަޕް މެޗުގައިވެސް ކޭން ބައިވެރިކޮށްފައެއް ނުވެއެވެ. އޭރު ގިނަ ބަޔަކު ގަބޫލުކުރީ ޔުނައިޓެޑު މެޗަށް އޭނާއަށް ބްރޭކެއް ދިނީ ކަމަށެވެ.
އަނިޔާގެ ސަބަބުން ކޭން ކުޅުމާއި ދުރަށް ދާން ޖެހިފައިވާއިރު ޔުނައިޓެޑު ޓީމުން އެރިކް ބެއިލީ އަދި ފިލް ޖޯންސް ވަނީ އަނިޔާގެ ރަނގަޅުވެ އިއްޔެ ޓްރެއިނިން ގައި ބައިވެރިވެފައެވެ.