Last Updated: June 17, 08:08
Wednesday, June 17, 2026
ޚަބަރު

ކެޓަލޯނިއާ މިނިވަން ދައުލަތެއްގެ ގޮތުގައި ކަނޑައަޅައިފި

ސްޕެއިންގެ އެންމެ އުތުރު ސަރަހައްދު ކަމަށްވާ ކެޓެލޯނިއާއަކީ ގައުމުން ވަކިވެފައިވާ މިނިވަން ދައުލަތެއްގެ ގޮތުގައި ކެޓަލޯނިއާގެ މަޖިލީހުން ކަނޑައަޅައިފިއެވެ.

ކަޓަލަން ރީޖަނަލް ޕާލަމެންޓުން ނެގި ވޯޓު ކާމިޔާބުކޮށް މިނިވަން ދައުލަތެއްގެ ގޮތުގައި ނިންމާފައިވަނީ 70 ވޯޓު ލިބިގެންނެވެ. އިދިކޮޅު މެމްބަރުންވަނީ ވޯޓު ބޮއިކޮޓުކޮށްފައެވެ.

ސްޕެއިން ސަރުކާރާއި ކެޓެލޯނިއާ ރައްޔިތުންނާ ދެމެދު ޚިޔާލު ތަފާތުވެ މައްސަލަ ހޫނުވެފައިވަނީ ކަޓަލޯނިއާ މިނިވަން ދައުލަތެއްގެ ގޮތުގައި ކަނޑައެޅުމަށް ރައްޔިތުންގެ މެދުގައި ނެގި ވޯޓު ކާމިޔާބުވުމުންނެވެ.

ވޯޓުގައި ބައިވެރިވި %93 މީހުން ވަނީ މިނިވަން ދައުލަތެއް ގާއިމުކުރުމަށް ވޯޓު ދީފައެވެ. ނަމަވެސް ސްޕެއިންގެ ކޮންސްޓިޓިއުޝަނަލް ކޯޓުން ވަނީ ވޯޓު ބާތިލުކަމަށް ހުކުމްކޮށްފައެވެ.

ކަޓަލަން ޕާލަމެންޓުން ނެގި ވޯޓު ކާމިޔާބުވިޔަސް ސްޕެއިންގެ ސެނެޓުން އަދި މިކަމާ ގުޅޭގޮތުން އެއްވެސް ނިންމުމެއް ނުނިންމައެވެ.