ވެރިރަށް މާލޭގައި ތޫނު އެއްޗަކުން ހަމަލާދީ މީހަކު ޒަހަމްކޮށްލައިފިއެވެ.
މަންޒަރުދުށް މީހަކާއި ހަވާލާދީ ބައެއް މީޑިޔާ ތަކުގައި ރިޕޯޓްކޮށްފައިވާ ގޮތުގައި މާރާމާރީ ހިންގާފައިވަނީ މައްޗަންގޮޅި ކިނބިގަސްދޮށުގެ ހިމެނޭ ސަރަހައްދުގައެވެ.
މި މާރާމާރީގައި ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލާފައިވަނީ ބިދޭސީއެކެވެ. އޭނާ އަށް އައިޖީއެމް ހޮސްޕިޓަލުގައި މިހާރު ފަރުވާދެމުން އަންނައިރު ލިބިފައިވާ އަނިޔާގެ ތަފްސީލެއް ނުލިބެއެވެ.
މީގެ އިތުރުން މި މާރާމާރީ އާއި ގުޅިގެން ފުލުހުންގެ ބަހެއް ހޯދުމަށް ކުރި މަސައްކަތް ވެސް އަދި ވަނީ ކާމިޔާބުވާގޮތް ނުވެފައެވެ.