Last Updated: June 20, 02:15
Friday, June 19, 2026
ޚަބަރު

ކުޅުދުއްފުށީ ޝީޝާ ޝޯ ރޫމް ހުޅުވައިފި

ޝީޝާގެ ޝޯ ރޫމަކާއި ސާވިސް ސެންޓަރެއް ހދ. ކުޅުދުއްފުށީގައި ހުޅުވައިފިއެވެ.

މިއީ ރާއްޖޭގެ އެންމެ މަގްބޫލް ސައިކަލް ބްރޭންޑް "ހޮންޑާ"ގެ އޮތޮރައިޒް ޑިސްޓިރިބިއުޓަރ ޝީޝާއިން އަތޮޅު ތެރޭގައި ހުޅުވި ދެވަނަ އައުޓްލެޓެވެ.

ޝީޝާ ޝޯ ރޫމާއި ސާވިސް ސެންޓަރ ހުޅުވައިދެއްވީ އިއްޔެ ހަވީރު ކުޅުދުއްފުށީގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ކުންފުނީގެ ޑިރެކްޓަރ ހުސެއިން ހުޝާމެވެ.

ޝީޝާއިން ބުނީ ކުޅުދުއްފުށީގައި ހުޅުވާ އައުޓްލެޓްގެ ބޭނުމަކީ ހަމައެކަނި ސައިކަލް ވިއްކުން ނޫން ކަމަށާއި އެ ޝޯރޫމުން މާލެއާ އެއްގޮތަށް ސައިކަލް އިންސްޓޯލްމަންޓަށް ދޫކޮށް ސްޕެއާ އާއި ސާވިސް ވެސް ލިބޭނެ ކަމަށެވެ.
މީގެ އިތުރުން ސާވިސް ސެންޓަރުން ސައިކަލަށް ދިމާވާ ހުރިހާ ކަމެއް ހައްލު ލިބިގެންދާނެކަމަށެވެ.

ޝީޝާގެ ފަރާތުން މާލެ އާއި ހުޅުމާލެ އަދި ސ. ހިތަދޫގައި ދަނީ އައުޓްލެޓް ހުޅުވައި ހިދްމަތް ދެމުންނެވެ. ކުޅުދުއްފުށީ އައުޓްލެޓަށް ފަހު ލ އަތޮޅުގައި އައުޓްލެޓެއް ހުޅުވުމަށް ވިސްނަމުން އަންނަ ކަމަށް އެކުންފުނިން ވަނީ ބުނެފައެވެ.