ފްރެންޗް ލީގް 1 ގައި ޕީއެސްޖީއާ ނީޗް ބައްދަލުކުރި މެޗު ޕީއެސްޖީ ފަސޭހަކަމާއެކު 0-3 އިން ކާމިޔާބުކޮށްފިއެވެ.
މާސޭއާ ދެކޮޅަށް ޕެރިސް ކުޅުނު މެޗުގައި ނޭމާއަށް ދެއްކ ރަތް ކާޑާއެކު ރޭގެ މެޗަށް އޭނާ ވަނީ ސަސްޕެންޑު ވެފައެވެ. ނޭމާއާ ނުލާ ކުޅުނު މިމެޗުގައި ޕެރިހުގެ ތިން ލަނޑުގެ ތެރެއިން ދެ ލަނޑު އެޑީ ކަވާނީ ވަނީ ކާމިޔާބުކޮށްފައެވެ.
މިއީ ކަވާނީ މިސީޒަނުގެ ލީގުގައި ކުޅުނު 10 މެޗުން ޖެހި 11 ވަނަ ގޯލެވެ. ކަވާނީގެ ދެގޯލަކީވެސް ޑިމަރީއާގެ ދެ އެސިސްޓުން ކާމިޔާބުކުރި ދެ ގޯލެވެ. ޕެރިހުގެ ފަހު ލަނޑަކީ ނީޗްގެ ޑާންޓޭ އަތުން ބައިކޮޅަށް ވަން ގޯލެކެވެ.
ޕީއެސްޖީ ވަނީ ކުޅުނު 11 މެޗުން 29 ޕޮއިންޓު ހޯދާފައެވެ. އަދި އެންމެ މެޗަކުންވެސް ބަލިވެފައިނުވާއިރު ދެން އެޓީމު ކުޅެން ޖެހެނީ ޗެމްޕިއަންސް ލީގު ގްރޫޕް ސްޓޭޖުގައި އެންޑަލެޓްއާ ދެކޮޅަށެވެ.