Last Updated: June 8, 21:45
Monday, June 8, 2026
ޚަބަރު

އެފްއެޗްސީ އަތުން މަރަދޫފޭދޫ އަށް މޮޅެއް

"ޑަބްލިޔުޑީސީ ޕޮލިސް ވޮލީ ޗެމްޕިއަންޝިޕް 2017" ގައި ރޭ މަރަދޫފޭދުއާއި ފޭދޫ ހެލްތުސެންޓަރު(އެފްއެޗްސީ) ބައްދަލުކުރި މެޗު މަރަދޫފޭދޫ ކާމިޔާބުކޮށްފިއެވެ.

ފޭދޫ ވޮލީ ކޯޓުގައި ކުޅުނު މިމެޗް މަރަދޫފޭދޫ ޓީމުން ކާމިޔާބުކުރީ 3-1 ސެޓުންނެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީ މަރަދޫފޭދޫ ޓީމުގެ ޖާޒީ ނަމްބަރު 5 އާމިނަތު ރާޝިދާއެވެ.

މި މުބާރާތުގެ މެޗެއް ދެންކުޅޭނީ އާދީޢްތަ ދުވަހުގެ ރެއެވެ. އެ މެޗްގައި ބައްދަލުކުރާނީ ފޭދޫ ޔޫތު ކޮމިޔުނިޓީއާއި، މީދޫ ވިމެންސް ކުލަބެވެ.

މިއީ އައްޑޫ ވިމެންސް ޑިވެލޮޕްމެންޓް ކޮމިޓީ (ޑަބްލިޔުޑީސީ) އާއި ސައުތު ޕޮލިސް ޑިވިޝަން ގުޅިގެން ބާއްވާ މުބާރާތެކެވެ.