Last Updated: June 29, 02:43
Monday, June 29, 2026
މުނިފޫހިފިލުވުން

"ހައުސްފުލް 4" 2019 ގެ ދިވާލީގައި

ގިނަ ބައެއްގެ މޫނުމައްޗަށް ހިނިތުންވުން ގެނެސްދީފައިވާ ހިންދީ ފިލްމް ފްރެންޗައިޒް ކަމަށްވާ "ހައުސްފުލް" ގެ ހަތަރުވަނަ ފިލްމެއް ބެލުންތެރިންނާ ހަމައަށް ގެނެސްދޭނެކަމަށް އެ ފިލްމްގެ ޕްރޮޑިއުސަރުން ކަށަވަރުކޮށްދީފި އެވެ.

އެގޮތުން ނާޑިއަޑްވާލާ ގްރޭންޑްސަން އެންޓަޓެއިންމެންޓް އިން ވަނީ އެ ކުންފުނީގެ ރަސްމީ ޓްވިޓާ ޕޭޖު މެދުވެރިކޮށް "ހައުސްފުލް 4" އިއުލާންކޮށްފަ އެވެ. މި ފިލްމްގެ ރިލީޒް ޑޭޓަކަށް ހަމަޖައްސާފައި ވަނީ 2019 ވަނަ އަހަރުގެ ދިވާލީގައެވެ.

"ހައުސްފުލް 4" ޑައިރެކްޓް ކުރާނީ ސާޖިދް ޚާން އެވެ. މި ފިލްމްގައި "ހައުސްފުލް" ފްރެންޗައިޒްގެ އޮރިޖިނަލް ކާސްޓް ކަމަށްވާ އަކްޝޭ ކުމާރް، ރިތޭޝް ދޭޝްމުކް އަދި ބޯމަން އިރާނީ ވެސް ބައިވެރިވާނެ ކަމަށް ލަފާކުރެވެ އެވެ. އެހެންނަމަވެސް ފިލްމްގައި ބައިވެރިވާނެ އެހެނިހެން ކާސްޓް މެމްބަރުންނާއި ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައި ނުވެއެވެ.