މަޝްހޫރު ބަތަލާ ކަރީނާ ކަޕޫރް ޚާން އާއި ފިރިމީހާ ސައިފް އަލީ ޚާންގެ ކައިވެންޏަށް ލިބުނު އެންމެ ފުރަތަމަ ކުއްޖަކީ ތައިމޫރް އަލީ ޚާން އެވެ. ތައިމޫރް އަށް ނުވަ މަސް ފުރުމުން ކަރީނާ ވަނީ އަލުން ފިލްމް ކުޅެން ފަށާފައެވެ.
އެހެންނަމަވެސް، ދަރިފުޅާށް ވަގުތު ދިނުމަށްޓަކައި ކަރީނާ ވަނީ މިހާރު ފިލްމީ ދާއިރާއިން ބްރޭކެއް ނެގުމަށް ނިންމާފައެވެ. އެގޮތުން 2018 ވަނަ އަހަރުގެ މާޗު މަހުގެ ނިޔަލަށް ކަރީނާ އިތުރު އެއްވެސް ފިލްމެއް ނުކުޅޭނެ އެވެ.
2018 ގެ މެއި މަހު ރިލީޒް ކުރުމަށް ހަމަޖެހިފައިވާ ފިލްމް "ވީރޭ ދި ވެޑިންގް" ގެ ޝޫޓިން މިހާރު ކުރަމުން ދިޔަ ކަމުގައިވިޔަސް، ޑިސެމްބަރު މަހު އެ ޝޫޓިން ނިންމާލުމަށްފަހު ކަރީނާ ނަގާ ބްރޭކްގެ މުއްދަތުގައި އިތުރު އެއްވެސް ފިލްމެއްގެ މަސައްކަތެއް ނުކުރާނެ އެވެ.
Badhaai ho, #VeereDiWedding is finally fixed. You're invited ?? #GetReadyForVeereDiWedding #SaveTheDateMay182018 #KareenaKapoorKhan pic.twitter.com/OWoDqsJiMv
— BalajiMotionPictures (@balajimotionpic) October 25, 2017
"ވީރޭ ދި ވެޑިންގް" ގެ މަސައްކަތް ވެސް ކުރަނީ އެއީ ބަނޑުބޮޑުވުމުގެ ކުރިން އޭނާ ކުޅެން ފެށި ފިލްމަކަށް ވާތީއެވެ.
ރިޕޯޓްތައް ބުނާގޮތުން ކަރީނާ ބޭނުންވަނީ ތިން މަސް ދުވަހުގެ ބްރޭކެއް ނަގާށެވެ. އަދި އޭނާ ބޭނުންވަނީ އެ މުއްދަތުގެ ތެރޭގައި ތައިމޫރް އާއިއެކު ވަގުތު ހޭދަކޮށް ޗުއްޓީ އަށް ދިއުމަށެވެ.