Last Updated: June 8, 21:45
Monday, June 8, 2026
ޚަބަރު

ފަނާކުރަނިވި ފިކުރަކީ ވައްކަމާއި ބޭއިންސާފު: ސުއޫދު

ފަނާކުރަނިވި ފިކުރަކީ ވައްކަމާއި ކޮރަޕްޝަން އަދި ބޭއިންސާފު ކަމަށް ކުރީގެ ބަންޑާރަ ނައިބް އަދި މަޝްހޫރު ގާނޫނީ ވަކީލް ހުސްނުއް ސުއޫދު ވިދާޅުވެއްޖެއެވެ.

ސުއޫދު ކުރެއްވި ޓްވީޓެއްގައި މިގޮތަށް ވިދާޅުވެފައި ވަނީ ބެލެވޭ ގޮތުގައި ޕީޕީއެމް އަދި ސަރުކާރުގެ ބައެއް ފަރާތްތަކުން ފަނާކުރަނިވި ފިކުރާއި ބެހޭގޮތުން ދައްކަމުން ގެންދާ ވާހަކަތަކަށް ރައްދު ދެއްވަމުންނެވެ.

"ރަނގަޅު ވާހަކައެއް ބުނަން ހެއްޔެވެ. ފަނާކުރަނިވި ފިކުރަކީ ވައްކަމާއި ކޮރަޕްޝަން އާއި ބޭއިންސާފެވެ."

ޕީޕީއެމްގެ ބައެއް އިސްބޭފުޅުން މީގެ ކުރިން ޖަލްސާތަކުގައި ވިދާޅުވެފައިވާ ގޮތުގައި އެމްޑީޕީ އާއި އިދިކޮޅު ފަރާތްތަކުގެ ސިޔާސީ ފިކުރަކީ، ފަނާކުރަނިވި ފިކުރެވެ. އެންމެ ފުރަތަމަ އެމްޑީޕީގެ ފިކުރަކީ "ފަނާކުރަނިވި" ފިކުރެއް ކަމަށް ވިދާޅުވެފައި ވަނީ ކުރީގެ ރައީސް މައުމޫން އަބްދުލް ޤައްޔޫމެވެ.