އިނގިރޭސި ޕްރިމިއާ ލީގުގައި މެން ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު 0-1 އިން ޔުނައިޓެޑު ކާމިޔާބުކޮށްފިއެވެ.
މެޗުގެ ބޮޑުބައި ލަނޑެއް ނުފެނި ކުރިއަށް ގޮސްފައިވާއިރު ޔުނައިޓެޑުން ލަނޑު ޖަހާފައިވަނީ 80 ވަނަ މިނެޓުގައެވެ. ބަދަލު ކުޅުންތެރިޔެއްގެ ގޮތުގައި މެޗަށް ނިކުތް އެންތޮނީ މާޝިއަލްގެ ގޯލަކުން ޔުނައިޓެޑު ތިން ޕޮއިންޓު ހާސިލުކޮށްފައިވާއިރު ސިޓީއާ ދެމެދު އޮތް ފަރަގު ވަނީ ކުޑަކޮށްފައެވެ.
ދެ ޓީމުންވެސް އެއްވަރެއްގެ ކުޅުމެއް ދައްކާފައިވާއިރު ޔުނައިޓެޑަށް ވަނީ ފުރަތަމަ ހާފުގައިވެސް ރަނގަޅު ފުރުސަތުތަކެއް ލިބި ބޭކާރުވެފައެވެ. ސްޕާސްގެ ކީޕަރު ހޫގޯ ލޮރިސްގެ ހުށިޔާރުކަން މިރޭގެ މެޗުންވެސް ވަނީ ދައްކާލާފައެވެ.
މެޗުގެ 70 ވަނަ މިނެޓުގައި ރަޝްފޯޑްގެ ބަދަލުގައި ކުޅެން ނިކުތް މާޝިއަލް ވަނީ ލުކާކޫ ހުސްކޮށް ދިން ބޯޅައެއް ގޯލުގެ ތެރެއަށް ފޮނުވާލާފައެވެ.
މިމޮޅާއެކު ޔުނައިޓެޑު ވަނީ ސިޓީއާ ދެމެދު އޮތް ފަރަގު ދެ ޕޮއިންޓަށް ކުޑަކޮށްފައެވެ. ނަމަވެސް ސިޓީ މިރޭ ވެސްޓް ބްރޮމްއާ ދެކޮޅަށް ކުޅޭ މެޗުން މޮޅު ވެއްޖެނަމަ އެ ފަރަގު އަނެއްކާވެސް ފަސް ޕޮއިންޓަށް އިތުރުވެގެންދާނެއެވެ.