Last Updated: June 20, 02:15
Friday, June 19, 2026
ޚަބަރު

ހަތަރު މިލިއަނުގެ ގޯއްޗެއް ފަލާހް މާލޭން ގަނެފި

ރ. އިނގުރައިދޫ ދާއިރާގެ މެމްބަރ އިބްރާހިމް ފަލާހް މާލެއިން ގޯއްޗެއް ހަތަރު މިލިއަން ރުފިޔާއަށް ބައްލަވައިގެންފިއެވެ.

ފަލާހް ބައްލަވައިގެންފައިވަނީ މާފަންނު "އަލްހަދީދް" ނަމަކަށް ކިޔާ 1000 އަކަފޫޓްގެ ގޯއްޗެކެވެ. ފަލާހް ބައްލަވައިގެންނެވި ގޯތީގެ މައްސަލަ ސިވިލް ކޯޓުން ވަނީ މިދިޔަ ބުރާސްފަތި ދުވަހު ނިންމައި ހުކުމްކޮށްފައެވެ.

އެ ހުކުމްގައިވަނީ "ވިޔަފާރި ސައްހަ ކަމަށާއި މި ވިޔަފާރީގެ ސަބަބުން މ. އަލްހަދީދު އެވެ ކިޔާ އަމިއްލަ ގޯތީގެ މިހާރުގެ މިލްކުވެރި ފަރާތަކީ ރ. އިންނަމާދޫ، ސިމްލާ، އިބްރާހިމް ފަލާހު ކަމުގައި ކަނޑައަޅައި މިގޮތުގެމަތިން ހުކުމްކޮށްފީމެވެ،" ސިވިލް ކޯޓުގެ ހުކުމްގައިވެ އެވެ.

ފަލާހް އަކީ ވެރިކަން ކުރާ ޕީޕީއެމްގެ ޕާލިމެންތްރީ ގްރޫޕްގެ މެމްބަރެކެވެ.