Last Updated: June 17, 08:08
Wednesday, June 17, 2026
ޚަބަރު

17 އަހަރުން ދަށުގެ ވޯލްޑް ކަޕް އިނގިރޭސިން ކާމިޔާބުކޮށްފި

ސަތާރަ އަހަރުން ދަށުގެ ވޯލްޑް ކަޕް ސްޕެއިން ބަލިކޮށް އިނގިރޭސި ޒުވާން ޓީމު ކާމިޔާބުކޮށްފިއެވެ.

އިނގިރޭސި 17 އަހަރުން ދަށުގެ ޓީމު މުބާރާތް ކާމިޔާބުކޮށްފައިވަނީ މުޅި މުބާރާތުގައިވެސް ތަފާތު، މޮޅު ކުޅުމެއް ދައްކައިގެން ފައިނަލަށް ދަތުރުކޮށް ސްޕެއިން 2-5 އިން ބަލިކޮށްގެންނެވެ.

ސްޕެއިން ވަނީ މެޗުގެ ފުރަތަމަ ދެލަނޑު ކާމިޔާބުކޮށް ލީޑު ނަގާފައެވެ. އިނގިރޭސި ޓީމުން މެޗުން މޮޅުވެފައިވަނީ ފަހަތުން އަރައި ލަނޑުތައް ޖަހައިގެންނެވެ.

ސްޕެއިންއަށް ލީޑު ނަގާދީފައިވަނީ ބާސާ އެކެޑެމީގެ ފޯވާޑް ސާޖިއޯ ގޮމެޒްއެވެ. އޭނާ ވަނީ ދެލަނޑުވެސް ކާމިޔާބުކޮށްފައެވެ. އިނގިރޭސިންގެ ފުރަތަމަ ގޯލު ޖަހާފައިވަނީ ބްރޫސްޓާއެވެ. ދެވަނަ ގޯލު ޖަހައި ނަތީޖާ އެއްވަރުކޮށްފައިވަނީ މޯގަން ގިބްސް ވައިޓްއެވެ.

އިނގިރޭސިންނަށް ލީޑު ނަގާދީފައިވަނީ ފިލް ފޮޑެންއެވެ. ޗެލްސީގެ މާކް ގުއެއިވެސް ރޭގެ މެޗުގައި ލަނޑު ޖެހިއެވެ. ފަހު ގޯލު ޖަހާފައިވަނީ ލީޑު ނަގާދިން ފިލް ފޮޑެންއެވެ.

އިނގިރޭސި 20 އަހަރުން ދަށުގެ ޓީމުވެސް ވަނީ ވޯލްޑް ކަޕް މިއަހަރު ކާމިޔާބުކޮށްފައެވެ. މުސްތަގުބަލުގައި އިނގިރޭސިންނަކީ ތަރިން ގިނަ ޓީމަކަށް ވެގެންދާނެއެވެ.