Last Updated: June 19, 21:49
Friday, June 19, 2026
ޚަބަރު

މާލޭން ހަތަރު މިލިއަނަށް 1،000 އަކަފޫޓްގެ ގޯއްޗެއް ނުލިބޭނެ: ސުއޫދު

މާލެއިން ހަތަރު މިލިއަނަށް 1000 އަކަ ފޫޓް ގޯއްޗެއް ނުލިބޭނެކަމަށް މަޝްހޫރު ގާނޫނީ ވަކީލް ހުސްނުއް ސުއޫދު ވިދާޅުވެއްޖެ އެވެ.

ސުއޫދު މިފަދައިން ވިދާޅުވީ އިނގުރައިދޫ ދާއިރާގެ މެމްބަރ އިބްރާހިމް ފަލާހު މާލެއިން 1000 އަކަ ފޫޓުގެ ބިމެއް ބައްލަވައިގަތުމާއި ގުޅިގެން ކުރެއްވި ޓްވީޓެއްގައެވެ.

ފަލާހް ވަނީ މާފަންނު "އަލް ހަދީދް" ނަމަކަށް ކިޔާ ގޯއްޗެއް ހަތަރު މިލިއަން ރުފިޔާއަށް ބައްލަވައިގެންފައެވެ. އެގޯތީގެ މިލްކުވެރިކަމުގެ މައްސަލަ ސިވިލް ކޯޓުން ނިންމައި މިދިޔަ ބުރާސްފަތި ދުވަހު ވަނީ ހުކުމްކޮށްފައެވެ.

ފަލާހް ގޯތި ގަތް މައްސަލަ އެންޓި ކަރަޕްޝަން ކަމިޝަނުން ބެލުމަށް ބައެއް ފަރާތްތަކުން ގޮވާލަމުން އަންނަ އިރު އެކަމާއި ގުޅިގެން މައްސަލައެއް އޭސީސީއަށް ހުށަހެޅިކަމެއް ނުވަތަ މައްސަލައެއް ބަލަމުން އަންނަކަމެއް އަދި ސާފެއް ނުވެއެވެ.

ފަލާހް އަކީ ޕޯޑިއަމްތަކުގައި ރައީސް އަބްދުﷲ ޔާމީންގެ ދިފާއުގައި އެންމެ ހަރު އަޑުން ވަކާލާތު ކުރައްވަމުން އަންނަ އެއް މެމްބަރެވެ.