މޭގްނާ ގުލްޒާރްގެ ޑައިރެކްޝަނެއް ކަމަށްވާ "ރާޒީ"ގެ ޝޫޓިން އާލިއާ ބަޓް އާއި ވިކީ ކޯޝަލް ނިންމާލައިފި އެވެ.
ފިލްމްގެ ލީޑް ރޯލް ކުޅޭ އާލިއާ ވަނީ އޭނާގެ އިންސްޓަގްރާމް މެދުވެރިކޮށް "ރާޒީ"ގެ ޝޫޓިން ނިންމާލައިފިކަން ހާމަކޮށްފަ އެވެ.
https://www.instagram.com/p/BayMJnxnvKS/?hl=en
ޖަންގްލީ ޕިކްޗާސް އާއި ދަރްމާ ޕްރޮޑަކްޝަންސް އިން ޕްރޮޑިއުސްކުރާ މި ފިލްމަކީ "ކޯލިން ސެހްމަތް" ނަމަކަށް ކިޔާ ފޮތަކަށް ބިނާކޮށް އުފައްދާ ފިލްމެކެވެ.
"ރާޒީ" ރިލީޒް ކުރުމަށް ހަމަޖެހިފައި ވަނީ އަންނަ 2018 ވަނަ އަހަރުގެ މެއި 11 ގައެވެ.