Last Updated: June 29, 02:43
Monday, June 29, 2026
މުނިފޫހިފިލުވުން

"ގޫމަރް" ގައި ދީޕިކާގެ ސާޅީ އަށް 30 ލައްކަ

ސަންޖޭ ލީލާ ބަންސާލީގެ ފިލްމް "ޕަދްމާވަތީ" އަކީ މިއަހަރު އެންމެ ގިނަ މީހުން އިންތިޒާރު ކުރާ ފިލްމޭ ބުންޏަކަސް ދޮގަކަށް ނުވާނެ އެވެ.

"ޕަދްމާވަތީ" އަކީ މިއަހަރުގެ ތެރޭގައި ރިލީޒް ކުރާ އެންމެ ހައި-ބަޖެޓް އެއް ފިލްމެވެ. އެގޮތުން ދާދިފަހުން މީޑިއާ ރިޕޯޓްތައް ބުނެފައިވާ ގޮތުގައި އެފިލްމްގެ "ގޫމަރް" ލަވައިގައި ދީޕިކާ ޕާޑުކޯން ލައިގެން ހުރި ސާރީ އަކީ 30 ލައްކަ އިންޑިއާ ރުޕީސްގެ ސާރީއެއް ކަމަށެވެ.

މި ޚަބަރު އަދި ފިލްމްގެ ކްރޫ އިން ކަށަވަރުކޮށްދީފައި ނުވިނަމަވެސް، މިއީ ހަޤީގަތަކަށް ވުމަކީ ވަރަށް އެކަށީގެންވާ ކަމެކެވެ.

"ގޫމަރް" ލަވަ ރިލީޒް ކުރިތާ 24 ގަޑިއިރުގެ ތެރޭގައި އެ ލަވައަށް ވަނީ ޔޫޓިއުބްގައި 10 މިލިއަން ވިއުސް ލިބިފައެވެ.

ޑިސެމްބަރު 1 ގައި ރިލީޒް ކުރުމަށް ހަމަޖެހިފައިވާ މި ފިލްމުން ދީޕިކާގެ އިތުރުން ރަންވީރް ސިންގް އާއި ޝާހިދް ކަޕޫރް ވެސް ފެނިގެންދާނެ އެވެ.