Last Updated: June 29, 02:43
Monday, June 29, 2026
މުނިފޫހިފިލުވުން

ކަޕިލްގެ "ފިރަންގީ" ގެ ފުރަތަމަ ލަވަ ރިލީޒްކޮށްފި

ކަޕިލް ޝަރްމާގެ "ފިރަންގީ" އަކީ އޭނާގެ ފޭނުން ވަރަށް އިންތިޒާރު ކުރަމުން އަންނަ ފިލްމެކެވެ. ދާދިފަހުން އެ ފިލްމްގެ އާ ލަވައެއް ވަނީ ޔޫޓިއުބް މެދުވެރިކޮށް ރަސްމީގޮތުން ރިލީޒް ކޮށްފައެވެ.

މި ލަވައަކީ ދެ މިނެޓް 44 ސިކުންތަށް ދިގުދެމިގެންދާ ލަވައެކެވެ.

"އޮއޭ ފިރަންގީ" ކިޔާފައި ވަނީ ސުނީދީ ޗޯހާން ކަމުގައިވާއިރު، މި ލަވަ ކޮމްޕޯޒް ކޮށްފައި ވަނީ ޖަތިންދރް ޝާހް އެވެ. އަދި ލަވައިގެ ލިރިކްސް ލިޔެފައި ވަނީ ޑރ. ދެވޭދްރާ ކާފިރް އެވެ.

"ފިރަންގީ" ޑައިރެކްޓް ކޮށްފައި ވަނީ ރާޖީވް ދިންގްރާ އެވެ. މި ފިލްމް ރިލީޒް ކުރުމަށް ހަމަޖެހިފައި ވަނީ އަންނަ ނޮވެމްބަރު މަހުގެ 24 ވަނަ ދުވަހު އެވެ.

ކަޕިލްގެ އިތުރުން މި ފިލްމުން އިޝިތާ ދައްތާ އާއި މޮނިކާ ގިލް ފެނިގެންދާނެ އެވެ.