Last Updated: June 29, 02:43
Monday, June 29, 2026
މުނިފޫހިފިލުވުން

"ތުމްހާރީ ސޫލޫ" ގެ "ހަވަ ހަވާއީ 2.0" ސަޅި

ވިދްޔާ ބާލަންގެ ފިލްމް "ތުމްހާރީ ސޫލޫ" ގެ މުޅިން އާ ލަވައެއް މިދިޔަ ބުރާސްފަތި ދުވަހު ރިލީޒް ކޮށްފި އެވެ.

އެ ލަވައަކީ ބޮލީވުޑްގެ ބްލޮކްބަސްޓާ ފިލްމް ކަމަށްވާ "މިސްޓަރ. އިންޑިއާ" އިން މަޝްހޫރުވެގެން ދިޔަ ލަވަ "ހަވަ ހަވާއީ" ގެ ދެވަނަ ބައެވެ.

"ހަވަ ހަވާއީ 2.0" ގެ ހިތްގައިމު އަޑަކީ ވެސް އޮރިޖިނަލް ލަވަ ކިޔާފައިވާ ކަވިތާ ކްރިޝްނާމުރްތީ އެވެ. މި ލަވަ އަލުން އުފައްދަި ޕްރޮގްރާމް ކޮށްފައި ވަނީ ތަނިޝްކް ބަގްޗީ އެވެ.

"ހަވަ ހަވާއީ 2.0" އިން ވިދްޔާގެ އިތުރުން ނޭހާ ދޫޕިއާ އާއި އާރްޖޭ މަލިޝްކާ ވެސް ފެނިގެންދާނެ އެވެ.

"ތުމްހާރީ ސޫލޫ" ޑައިރެކްޓް ކޮށްފައި ވަނީ ސުރޭޝް ތްރިވޭނީ އެވެ. މި ފިލްމް ރިލީޒް ކުރުމަށް ހަމަޖެހިފައި ވަނީ އަންނަ ނޮވެމްބަރު މަހުގެ 17 ގައެވެ.