Last Updated: June 20, 02:15
Friday, June 19, 2026
ޚަބަރު

އީސީގެ މެމްބަރުން ކުފޫ ހަމަނުވާކަން ސާބިތުވެއްޖެ: އަހުމަދު

ތިނަދޫ ދެކުނު ދާއިރާގެ މެމްބަރ އަބްދުﷲ އަހްމަދު، ފޮޓޯ: ސަން

އިލެކްޝަން ކަމިޝަންގެ މެމްބަރުން ކުފޫ ހަމަ ނުވާކަމަށް ސާބިތުވެއްޖެކަމަށް ތިނަދޫ ދެކުނު ދާއިރާގެ މެމްބަރ އަހްމަދު އަބްދުﷲ (އަބުޅޯ) ވިދާޅުވެއްޖެއެވެ.

އަބުޅޯ މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުކަމުގެ ގޮނޑި ހުސްވެފައިވާ ކަމަށް ކަނޑައަޅައި، ދާއިރާތަކުގެ ބައި-އިލެކްޝަންސް ބާއްވަން އިލެކްޝަންސް ކޮމިޝަނުން އިއުލާންކޮށްފައިވާތީ އެކަން އަންގައި ދޭން އެދި އިލެކްޝަން ކަމިޝަނަށް ފޮނުވި ސިޓީގެ ޖަވާބުގައި އެ ކޮމިޝަނާއި ބެހޭކަމެއް ނޫން ކަމަށް ބުނެ ޖަވާބު ދީފައިވާތީއެވެ.

އަބުޅޯ އިލެކްޝަންގެ ޖަވާބު ސިޓީ އާއި އެކު ކުރެއްވި ޓްވީޓުގައި ވިދާޅުވީ އިލެކްޝަން ކަމިޝަން މެމްބަރުން ކުފޫ ހަމަނުވާކަން ސާބިތުވެއްޖެކަމަށާއި އެއީ ލަދުވެތިކަމެއް ކަމަށެވެ. އަދި ގާނޫނު އަރާ ހަމަކުރާނެ ކަމަށާއި، އިލެކްޝަން ކަމިޝަން މެމްބަރުންގެ ގާނޫނީ ހައިސިއްޔަތެއް ނެތި ރައީސް ޔާމީންގެ އަތް ދަށުވެ މުޅި މުވައްސަސާގެ މިނިވަން ކަން ގެއްލިފައިވާ ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ ދަނގެތި ދާއިރާގެ މެމްބަރު އިލްހާމް އަހުމަދާއި މަޖިލިހުގެ މައްޗަންގޯޅި އުތުރު ދާއިރާގެ މެމްބަރު އަބްދުﷲ ޝިނާނާއި، ތިނަދޫ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ އަހުމަދު ވަނީ އިލެކްޝަންސް ކޮމިޝަނަށް ފޮނުއްވި ސިޓީއެއްގައި ވިދާޅުވީ "ތި މައްސަލާގައި ކަމާ ގުޅުން ހުރި އިދާރާގައި ދެންނެވުން ރަނގަޅުވާނެ ކަމަށް ދެކޭ" ކަމަށެވެ. އެ ނޫން އިތުރު އެއްވެސް ވާހަކައެއް އެ ސިޓީގައި ބުނެފައެއް ނުވެ އެވެ.