ސްޕެނިޝް ލީގުގައި ރެއާލް މެޑްރިޑާއި ޖިރޯނާ ކުޅުނު މެޗު ފަހަތުން އަރައި 2 ލަނޑު ޖަހައިގެން ޖިރޯނާ ކާމިޔާބުކޮށްފި އެވެ.
ޖިރޯނާ މެޗުން މޮޅުވެފައިވަނީ ރެއާލްއިން ލަނޑެއް ޖަހާފައިވަނިކޮށެވެ. މިލަނޑު ކާމިޔާބުކޮށްފައިވަނީ މެޗުގެ 12 ވަނަ މިނެޓުގައި އިސްކޯއެވެ. ފުރަތަމަ ހާފު އިސްކޯގެ ހަމައެކަނި ލަނޑުން ރެއާލް ކުރީގައި އޮވެ ވަނީ ނިމިގެން ގޮސްފައެވެ.
ދެވަނަ ހާފުގެ ވަރަށް ކުރީކޮޅު ޖިރޯނާއިން ވަނީ ލަނޑު ޖަހައި ނަތީޖާ އެއްވަރުކޮށްފައެވެ. 54 ވަނަ މިނެޓުގައި މި ލަނޑު ޖެހީ ސްޓުއާނީއެވެ. އަނެއްކާވެސް ކުޑައިރުކޮޅެއްގެ ތެރޭގައި ގިރޯނާއިން ވަނީ ރެއާލް ކޮޅަށް ގޯލު ޖަހައި މެޗުގެ ލީޑު ނަގާފައެވެ. މި ލަނޑު ފެނިގެން ގޮސްފައިވަނީ 58 ވަނަ މިނެޓުގައި ޕޯޓޫ ގެ ފަރާތުންނެވެ.
މެޗުގެ ބާކީ އޮތް ބައި ޖިރޯނާއިން ޑިފެންސުކޮށްފައިވާއިރު ރެއާލްއަށް އިތުރު ލަނޑެއް ޖެހިފައެއް ނުވެއެވެ. މި ބައްޔާއެކު 20 ޕޮއިންޓާއެކު ރެއާލް އޮތީ ތާވަލުގެ ތިން ވަނައިގައެވެ. ހަތަރު ވަނައިގައި އޮތީ ޕޮއިންޓުގެ ގޮތުން ރެއާލާ އެއްވަރުވެ އެތްލެޓިކޯ މެޑްރިޑެވެ.
އަދިވެސް އެއް މެޗުންވެސް ބަލިވެފައިނުވާ ބާސާ އޮތީ ލީގު ތާވަލުގެ އެއްވަނައިގައި 28 ޕޮއިންޓާއެކުގައެވެ. ބާސާ ކުޅުނު 10 މެޗުގެ ތެރެއިން 9 މެޗު ކާމިޔާބުކޮށް އެއް މެޗުން ވަނީ އެއްވަރުވެފައެވެ.