Last Updated: July 1, 23:10
Wednesday, July 1, 2026
ޚަބަރު

މަސްތުވާތަކެއްޗާ އެކު މީހަކު ހައްޔަރުކޮށްފި

ރޭ އައްޑޫގައި ފުލުހުން ހިންގަމުން އަންނަ އޮޕަރޭޝަނުގައި ފުލުހުންނަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި ހާއްސަ އޮޕަރޭޝަނެއްގައި މަސްތުވާތަކެތީގެ ވިޔަފާރި ކުރަމުންދާ ކަމަށް ތުހުމަތު ކުރެވިގެން މަރަދޫފޭދޫން މީހަކު ފުލުހުން ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ ރޭ މަރަދޫފޭދޫ ފަރިވިލާގޭގެ ކައިރިން މަސްތުވާތަކެތި ކަމަށް ބެލެވޭ ސާމާންތަކާ އެކު މީހަކު ހައްޔަރުކޮށް ފަރިވިލާގޭގެ ތެރެެ ބަލައި ފާސް ކުރި އިރު މަސްތުވާތަކެތި ބަންދު ކުރާ ސާމާން އެ ގެއިން ފެނިފައިވާ ކަމަށެވެ. ނަމަވެސް ފުލުހުން އަތުލައިގަތީ ކާކު ކަމެއް ހާމަކޮށްފައެއް ނުވެ އެވެ.

ފުލުހުން އައްޑޫގައި ފަށާފައިވާ "އަފިރިންގެ އަމާން އައްޑޫ ސިޓީ" ހާއްސަ އޮޕަރޭޝަނުގައި ގިނަ އަދަދެއްގެ މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ ސާމާންތައް ވަނީ އަތުލައިގެންފަ އެވެ. އަދި ބަނގުރާ ކައްކާ ބައެއް ތަންތަން ހޯދައި އެތަންތަނުން ވެސް ވަނީ ބައެއް ތަކެތި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފަ އެވެ.

ފުލުހުންގެ ހާއްސަ އޮޕަރޭޝަނުގައި ބައެއް އެސްއޯ ފުލުހުން އާންމުންނަށް އަނިޔާ ކުރާ ކަމުގެ ޝަކުވާ ލިބެމުންދާ ކަމަށް މޭޔަރު އަބްދުﷲ ސޯދިގް (ސޯބެ) ވަނީ ވިދާޅުވެފަ އެވެ.