މަޝްހޫރު އިނގިރޭސި ޓީވީ ސީރީސްތައް ކަމަށްވާ "ސްމޯލްވިލް"، "ރިވެންޖް" އަދި "ދިސް އިޒް އަސް" އިން ފެނިގެން ގޮސްފައިވާ ޖަސްޓިން ހާޓްލީ އާއި އެކްޓްރެސް ކްރިޝެލް ސްޓައުސް ކައިވެނި ކޮށްފި އެވެ.
ރިޕޯޓްތައް ބުނާގޮތުން އުމުރުން 40 އަހަރުގެ ޖަސްޓިން އާއި ކްރިޝެލް ކައިވެނި ކޮށްފައި ވަނީ އާއިލާ އާއި ގާތް ރަހުމަތްތެރިންނާއި އެކު ބޭއްވި ހަފްލާއެއްގައި ހޮނިހިރު ދުވަހުގެ ހަވީރުގެ ވަގުތެއްގަ އެވެ.
އުމުރުން 36 އަހަރުގެ ކްރިޝެލް ކައިވެނީގެ ހަފްލާގައި ލައިގެން ހުރީ ޑިޒައިނާ މޮނީކް ލެހުލިއޭ ހެދުމެކެވެ.
އެދެމަފިރިންގެ ކައިވެނީގެ ހަފްލާގައި "ދިސް އިޒް އަސް" ގެ ތަރިން ކަމަށްވާ މޭންޑީ މޯ އާއި ސްޓާލިންގް ކޭ ބްރައުންގެ އިތުރުން މީލޯ ވެންޓިމީލިއާ އާއި ކްރިސީ މެޓްސް އާއި ސޫޒަން ކެލެޗީ ވޮޓްސަން އަދި ކްރިސް ސަލިވަން ބައިވެރިވި އެވެ.