1. ޓޮމާޓޯ

ޓޮމާޓޯ ފްރިޖަށް ލުމަކީ އޭގެ ރަހައާއި ކުލައަށް ބަދަލު ގެނެސްދޭ ކަމެކެވެ. އެންމެ އެދެވިގެންވާ ގޮތަކީ ކުޑަދޮރެއް ކައިރީގައި ބަންދުނޫން އެއްޗެއްގެ ތެރެއަށް ޓޮމާޓޯ އަޅާފައި ބެހެއްޓުމެވެ. އެއިރުން ޓޮމާޓޯގެ ތާޒާކަން ގިނަ ދުވަހަށް ހުންނާނެ އެވެ.
2. އަލުވި

ފްރިޖަށް ލުމުން އަލުވީގައި ހުންނަ ސްޓާޗް ހަލާކުވެ އެވެ. އޭގެ ސަބަބުން އަލުވިގެ ރަހަ ގެއްލިގެން ދެއެވެ. އަލުވި ރައްކާކުރަން ޖެހެނީ ބަންދުނޫން އެއްޗެއްގެ ތެރޭގައި އާދައިގެ ފިނިހޫނުމިނުގަ އެވެ.
3. ފިޔާ

ކޮންމެހެން ފިޔާ ފްރިޖަށް ލާން ބޭނުންނަމަ "ރީސީލެބަލް" ކޮތަޅަކަށް އަޅާފައި ފްރިޖްގައި ތަރުކާރީ އެޅުމަށް ޚާއްސަ ކޮށްފައިވާ ވަށްގަނޑުގައި ރައްކާކުރާށެވެ. އެނޫން ގޮތަކަށް ފިޔާ ފްރިޖަށް ލުމަކީ ރަނގަޅު ކަމެއް ނޫނެވެ.
4. މާމުއި

އަބަދުވެސް މާމުއި ފުޅި އާދައިގެ ފިނިހޫނުމިން (ރޫޕް ޓެމްޕަރޭޗަރ) ގައި ބަހައްޓާށެވެ. އެއީ މާމުއި ފްރިޖަށް ލުމުން މާމުއި ގަނޑުވެ، ހަރުވާން ފަށާނެތީ އެވެ.
5. ލޮނުމެދު

ލޮނުމެދު ރައްކާކުރަން ޖެހޭނީ އެހާ ހޫނު ނޫން ހިކި ތަނެއްގައެވެ. އެއީ ފްރިޖްގައި ހުންނަ މޮއިސްޗާ ނުވަތަ ފެނުގެ ސަބަބުން ލޮނުމެދުގެ ރަހަ ބަދަލުވާނެތީ އެވެ.
6. ކޮފީ

ސިއްޙީ މާހިރުން ބުނާ ގޮތުގައި ކޮފީ ރައްކާކުރަން ޖެހޭނީ ވައިބަންދު ފުޅިއެއްގަ އެވެ. ފްރިޖަށް ލައިފިނަމަ، ފްރިޖްގައި ހުންނަ ފެނުގެ ސަބަބުން ކޮފީ ބީންސް ނުވަތަ ޕައުޑާ ހަލާކުވާނެ އެވެ.
7. ޕާން

ބޭކަރީ މާހިރުން ލަފާދޭ ގޮތުގައި ޕާން ފޮތިތައް ފްރިޖަށް ލުމަކީ ރަނގަޅު ކަމެއް ނޫނެވެ. ފްރިޖްގެ ފިނިހޫނިމިން ދަށްވުމުގެ ސަބަބުން ޕާން ހަރުވެ، ހެފުމަށް އުނދަގޫވާނެ އެވެ.
8. އާފަލު

އާދައިގެ ފިނިހޫނުމިނުގައި ރައްކާކުރުމުން އާފަލުގެ މީރު އަދި ފޮނި ރަހަ ރައްކާވެއެވެ. އެހެންނަމަވެސް ފްރިޖަށް ލައިފިނަމަ އާފަލުގައި ހުންނަ ނިއުޓްރިއެންޓްތައް ގެއްލި، އާފަލުގެ ތޮށި ހަރުވެއެވެ.