Last Updated: June 29, 02:43
Monday, June 29, 2026
ޚަބަރު

ބަނޑަށް ޖެހިގެން ގިނަ ބަޔަކު މަރުވެދާނެ: އދ

އދ ގެ ކާނާއާއި ބެހޭ އޭޖެންސީ އިން ވަނީ ކަސާއިގެ ޑީއާރް ކޮންގޯ ޕްރޮވިންސަށް ކާބޯތަކެތީގެ އެހީ ހޯދުމަށްޓަކައި ބައިނަލްއަޤްވާމީ އެހީއަށް އެދިފައެވެ.

މަޢުލޫމާތު ލިބޭ ގޮތުގައި ބަނޑުހައިހޫނުކަމުގެ އަސަރު ތިން މިލިއަނަށްވުރެ މީހުންނަށް ކުރާނެ ކަމަށް ލަފާކުރެވެ އެވެ. މީގެ އިތުރުން ކުރިއަށް އޮތް މަސްތަކުގެ ތެރޭގައި ކާބޯތަކެތީގެ އެހީ ނުލިބެއްޖެނަމަ، އެތައް ހާސް ކުޑަކުދިންނެއް ބަނޑުހައިހޫނުކަމުގެ ސަބަބުން މަރުވާނެ ކަމަށް ވެސް އދ އިން ވަނީ ބުނެފައެވެ.

ކޮންގޯ ޕްރޮވިންސް ގައި މިދިޔަ އަހަރުގެ އޮގަސްޓް މަހުގެ ތެރޭގައި ސަލާމަތީ ބާރުތަކާއިމެދު ހިނގި ހަމަނުޖެހުންތަކުގައި އެ ޕްރޮވިންސްގެ ލީޑަރަކު މަރުވުމާއި ގުޅިގެން ހަމަނުޖެހުން ވަނީ އެފެދިފައެވެ.

އޭގެ ސަބަބުން 1.5 މިލިއަން މީހުންގެ ގެދޮރު ވަނީ ގެއްލިފައެވެ. އަދި އެމީހުންގެ ތެރޭގައި ގިނައީ ކުޑަކުދިންނެވެ.

މި ސަރަޙައްދުގައި ހިނގި ހަމަނުޖެހުންތަކުގައި ގިނަ އަދަދެއްގެ މީހުންގެ ފުރާނަވެސް ވަނީ ގެއްލިފަ އެވެ.