Last Updated: June 8, 21:45
Monday, June 8, 2026
ޚަބަރު

ފައިރޫޝް ޕޮލިހުން ވަކިކުރަން ނިންމައިފި

* ފެބްރުއަރީ 7ގައި އަމިއްލައަށް ކޮމިޝަނަރުކަން އިއުލާން ކުރި
*

އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސްގެ މަގާމުގައި ހުންނެވި އަބްދުﷲ ފައިރޫޝް ފުލުހުންގެ ވަޒީފާއިން ވަކިކުރަން ފުލުހުންގެ ޑިސިޕްލަނަރީ ކޮމެޓީން ނިންމައިފި އެވެ.

ފައިރޫޝް އަކީ 2012 ވަނަ އަހަރުގެ ފެބްރުއަރީ 7 ވަނަ ދުވަހު އެމްޑީޕީގެ ވެރިކަން ބަދަލުވުމަށްފަހު އަމިއްލަފުޅަށް ފުލުހުންގެ ވެރިޔާކަން އިއުލާން ކުރެއްވި ބޭފުޅެކެވެ.

ފުލުހުންގެ ވަޒީފާއިން ފައިރޫޝް ވަކިކުރުމަށް ނިންމިއިރު މިވަގުތު އޭނާ ހުންނެވީ ޕީއެޗްޑީއަށް ތައުލީމް ހާސިލުކުރެއްވުމަށް އޮސްޓްރޭލިއާގައެވެ.

ފައިރޫޝްއަށް ފިޔަވަޅު އެޅީ އެނގިފައިވާ ގޮތުގައި ސޯޝަލް މީޑިއާގައި ސަރުކާރާއި ފުލުހުންނާ ބެހޭ ގޮތުން ނުރަނގަޅު ތަސައްވަރެއް އުފެދޭ ވާހަކަ ދައްކާ ކަމަށް ބުނެ އެވެ.

ފައިރޫޝްއާމެދު ފިޔަވަޅު އަޅައި ވަޒީފާއިން ވަކިކުރަން ނިންމާފައިވާކަން އޭނާ ވަނީ ކަށަވަރުކޮށްދެއްވާފަ އެވެ. ފުލުހުންގެ ވަޒީފާއިން ވަކިކުރަން ނިންމި ނިންމުން އިސްތިއުނާފުކުރުމަށް ވެސް ފައިރޫޝް ވަނީ ނިންމަވާފައެވެ.