Last Updated: June 17, 06:17
Wednesday, June 17, 2026
ޚަބަރު

މިނިވަން އިންތިޚާބަކަށް ފުރުސަތު ދޭން ދެންނެވިން: އީޔޫ

އަންނަ އަހަރު ބޭއްވޭ ރިޔާސީ އިންތިޚާބަކީ ދެފުށް ފެންނަ މިނިވަން އިންތިޚާބަކަށް ހެދުމަށް ސަރުކާރުން އަޅަން ޖެހޭ ފިޔަވަޅުތައް އެޅުމަށް ރައީސް އަބްދުﷲ ޔާމީނަށް ދެންނެވި ކަމަށް ޔޫރޮޕިއަން ޔޫނިއަންގެ ވަފުދުން ބުނެފިއެވެ.

ރާއްޖޭގެ ހާލަތު ބެލުމަށް އީޔޫގެ ޕާލަމެންޓްރީ ގްރޫޕުގެ ފަރާތުން ރާއްޖެ ވަޑައިގެންފައިވާ ވަފުދުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އަންނަ އަހަރު ބޭއްވީ އިންތިޚާބު މިނިވަން އިންތިޚާބަކަށް ވާނީ ރާއްޖޭގައި އެފަދަ މާހައުލެއް ގާއިމުކުރެވިގެން ކަމަށް ރައީސަށް ދަންނަވާފައިވާނެ ކަމަށެވެ.

އަދި ނޫސްވެރިކަމާއި މީޑިޔާ މިނިވަންކަމާއެކު ހަރަކާތްތެރިވުމަށް އޮތް ފުރުސަތު ހަނިވެފައިވާ ކަމަށް ގަބޫލުކުރެވޭ ކަމަށާއި އެކަންވެސް ރައީސާއި ހަމައަށް ގެނެސްފައިވާ ކަން އީޔޫއިން ވަނީ ފާހަގަކޮށްފައެވެ.

މީގެ އިތުރުން ޑިމޮކްރަސީއާއި އިންސާނީ ހައްގުތަކާ ގުޅޭގޮތުން އީޔޫގެ ފަރާތުން ރާއްޖެއަށް ދެވެން އޮތް އެހީތެރިކަމެއް ފޯރުކޮށްދޭނެ ކަމުގެ ޔަގީންކަން އަރުވާފައިވެއެވެ.

ރައީސް ޔާމީނުގެ އިތުރުން އިދިކޮޅު ފަރާތްތަކާއި ބައްދަލުކޮށް އެބޭފުޅުންގެ ކަންބޮޑުވުންތައްވެސް އީޔޫގެ ވަފުދުން ވަނީ އަޑުއަހައި މަޝްވަރާކޮށްފައެވެ.