މިދިޔަ އަހަރު ފުވައްމުލަކު ކައުންސިލުން ބޭއްވި ވޮލޯ މުބާރާތުގައި މީދޫ ވޮލީ ޓީމަށް ކުޅުނު އަދި ނިމިގެން ދިޔަ ވީއޭއެމް އެސޯސިއޭޝަން ކަޕް އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި ޕާކިސްތާނުގެ ގައުމީ ޓީމްގެ މުރާދު ޖީހާން މީދޫ ވޮލީ ޓީމާއި ގުޅިއްޖެއެވެ.
މުރާދު ހޯމަ ދުވަހު މީދޫއަށް އައުމުން ވޮލީ ޓީމްގެ ކުޅުންތެރިންނާއި މީދޫގެ ރައްޔިތުން ވަނީ ހޫނު މަރުހަބާއެއް ކިޔާފައެވެ.

ނޮވެމްބަރ 8 އިން 20 ވަނަ ދުވަހުގެ ނިޔަލަށް ފުވައްމުލަކުގައި ކުރިއަށްދާ މުބާރާތަށް މީދޫ ޓީމް ވަރުގަދަ ކުރުމުގެ ގޮތުން މުރާދުގެ އިތުރުންވެސް އެއްވަނަ ޑިވިޝަންގެ ބައެއް ކުޅުންތެރިން ގެނައުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން ފާޒިލް، ފައިރޫޒު، އަދި އަބްދުﷲ ހަސަން މީދޫ ޓީމުން ފެނިގެންދާނެއެވެ.
މިދޫ ޓީމްގެ ކޯޗަކީ މިދިޔަ އަހަރުވެސް އެ ޓީމަށް ކޯޗުކޮށްދިން މިހާރުގެ ގައުމީ ވޮލީ ޓީމްގެ ކޯޗުކަން ކުރަމުން އަންނަ ބޮޑު ކާއްޓޭއެވެ. ކޯޗުގެ އެހީތެރިއަކީ ރިއްޗަޅޭއެވެ.