Last Updated: June 8, 21:45
Monday, June 8, 2026
ޚަބަރު

ޢިލްމުވެރިން ކުރި ބައެއް ދުއާތަކަށް ރައީސް ޔާމީން ޖޯކު ޖައްސަވައިފި

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ގޮތް ކަނޑައެޅިގެން އެނގޭ ހާލުގައި ބައެއް ޢިލްމުވެރިން ކުރީގެ ރައީސް މުހައްމަދު ނަޝީދު ވެރިކަމަށް ގެނައުމަށް މަސައްކަތް ކުރައްވާފައިވާ ކަމަށް ވިދާޅުވެ، ރާއްޖޭގެ ބައެއް ޢިލްމުވެރިން ކުރައްވާފައިވާ ދުއާތަކަށް ރައީސް އަބްދުﷲ ޔާމީން ޖޯކު ޖައްސަވައިފިއެވެ.

ޕީޕީއެމުން މާލޭގައި ހުޅުވި ' ފިޔާތޮށި ޖަގަހަ' ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ވަރަށް އިލްމުވެރި ބޭބޭފުޅުން ކުރީގެ ރައީސް މުހައްމަދު ނަޝީދު ވެރިކަމަށް ގެންނަަވަން އަސަރުގަދަ ތަގުރީރުތައް ކުރެއްވި ކަމަށެވެ.

ޖުމްލަ ގޮތެއްގައި ބަލާއިރު ނަޝީިދު ވެރިކަަމަށްް ގެންނަން އިލްމުވެރިން ކުރި ބައެއް ދުއާތަކުގެ ވާހަކަވެސް ރައިސް މިރޭ ދެއްކެވީ ސަމާސާ ރާގަކަށެވެ.

" … އޭރު އެންމެ ވަރުގަދަޔަށް ގޮވަމުން ދިޔަ ގޮވެއްޔަކީ، އަޅުގަނޑުމެންގެ މި ކުޑަކުޑަ ދިވެހިރާއްޖެއަކީ އިސްލާމްދީނަށް ލޯބިކުރާ ރައްޔިތެއް އޮތް ބަޔަކަށް ވާތީ، އެމީހުންގެ އެންމެ ހިމަ ނާރުތަކުގައި ޖަހާ ވިންދާ (ބައެއް ޝޭހުން) މި ކުޅެލީ." ރައީސް ވިދާޅުވިއެވެ.

ދީނީ އިލްމުވެރިންނަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ ވާހަކަ ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ، "ޝޭހުންވެސް ހަމަ ކޮށްފައި ނުކުރާނެ ވަކި ކަމެއް ނޯންނާނެ" ކަމަށެވެ.

ރައީސް ޔާމީން ވިދާޅުވި ގޮތުގައި މިއަދަކީ، ނަޝީދުގެ ގޮތް ކަނޑައެޅިގެން އެނގޭ ހާލުގައި އެބޭފުޅާ ވެރިކަމަށް ގެންނަން މަސައްކަތް ކުރެއްވި އިލްމުވެރިންނަށް އެކަން ހަނދާން ކޮށްދޭން ވީ މޫސުން ކަމަށެވެ.

މީގެ އިތުރުން ރައީސް ނަޝީދު ރައީސުލްޖުމްހޫރިއްޔާކަމުގެ ހުވައި ކުރެއްވުމުގެ ރަސްމިއްޔާތަށް ކްރިސްޓިއަން ދީން ފަތުރަން މަސައްކަތްކޮށްގެން ރާއްޖޭން ޑީޕޯޓްކޮށްފައި ތިބި ބަޔަކު ގެންނެވި ކަމަށް ވެސް ރައީސް ޔާމީން ވަނީ ވިދާޅުވެފައެވެ.

ޕީޕީއެމުން މިރޭ ހުޅުވި ޖަގަހައަކީ ހެޔޮ އެދޭ ފަރާތަކުން ކުއްޔަށް ހިފާފައިވާ ބިމެއް ކަމަށް އެޕާޓީން ބުންޏެވެ. ރައީސް ވިދާޅުވީ އެ ޖަގަހަ ހެދީ ހައުސިން މިނިސްޓްރީގެ މުވައްޒަފުން ކަމަށެވެ. އަދި އެ މުވައްޒަފުން ޕީޕީއެމަށް ސޮއިކުރުވުމަކީ މިނިސްޓަެރު މުއިއްޒުގެ ކުޅަދާނަ ކަން ކަމަށް ރައިސް ޔާމީނު ވިދާޅުވިއެވެ