Last Updated: June 21, 13:18
Sunday, June 21, 2026
ޚަބަރު

ކުޅުދުއްފުށީ އަންހެނަކު ގެއްލިގެން ހޯދަނީ

ހދ. ކުޅުދުއްފުށީން 33 އަހަރުގެ އަންހެނަކު ގެއްލިގެން ހޯދަން ފަށައިފިއެވެ.

ކުޅުދުއްފުށިން ވާހަކަ ދެއްކި މީހަކު ބުނީ ހޯދަމުން ދަނީ އެރަށުގައި ދިރިއުޅެމުން އަންނަ ހދ. ނޮޅިވަރަންއަށް ނިސްބަތްވާ އާމިނަތު ޒީނިއާއެވެ.

އޭނާ އެންމެ ފަހުން ފެނިފައިވަނީ މިއަދު ހެނދުނު 8:30 ހާއިރު އޭނާ ދިރިއުޅެމުން އަންނަ ގެއިންނެވެ. އޭގެ ފަހުން އޭނާގެ އެއްވެސް ހަބަރެއް ނުވެގެން ވަނީ ކައުންސިލަށް ރިޕޯޓްކޮށްފައެވެ.

ޒީނިއާ ހޯދުމުގެ މަސައްކަތް ކައުންސިލާއި ފުލުހުން އަދި އާއްމު ރައްޔިތުން ގުޅިގެން ވަނީ ފަށާފައެވެ.