ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެެލް) ގެ އަހަރުގެ ތިންވަނަ ކުއާޓަރުގައި 247 މިލިޔަން ރުފިޔާގެ ފައިދާއެއް ލިބިއްޖެ އެވެ.
ބޭންކުން އިން ބުނީ މި ކުއާޓަރގެ ފައިދާ ދެވަނަ ކުއާޓަރއަށް ވުރެ ތިރީސް ފަހެއް އިން ސައްތައިގެ ކުރިއެރުމެއް ލިބިފައިވާ ކަމަށެވެ.

ބޭންކުން މިއަހަރަށް ކަނޑައެޅި ތިންސަތޭކަ މިލިއަން ރުފިޔާގެ ލަނޑު ދަނޑި އަހަރު ނިމެންވާއިރަށް ކާމިޔާބް ކުރެވޭނެކަމަށް ބޭންކުގެ ބަޔާނުގައިވެއެވެ.
އެގޮތުން މިހާތަނަށްވިޔަފާރީގެ މައިގަނޑު ހުރިހާ ދާއިރާއަކުން ރަނގަޅު ކާމިޔާބުތަކެއް ހޯދައި، ލޯނު ދޫކުރެވުނު މިންވަރު ހަރުދަނާ މިންގަނޑެއްގައި ވަނީ ހިފެހެއްޓިފައެވެ. އަދި ހުރިހާ ޓެކްސްތަކަށް ކެނޑުމަށްފަހު ފައިދާގެ ގޮތުގައި 247 މިލިއަން ރުފިޔާ ވަނީ ލިބިފައެވެ.
ބޭންކުން މިއަހަރު ވަނީ 150 ވަޒިފާ އުފައްދައި ދިވެހި ރައްޔިތުންނަށް 300 މިލިއަން ރުފިޔާ އިންވެސްޓް ކުރުމަށް ވައުދުވެފައެވެ. އަދި އެވައުދު އެގޮތަށް ފުއްދިގެންދާނެކަމަށް ބޭންކުން ބުންޏެވެ
ބެންކުން ވަނީ މި ކުއާޓަރ ގައި އަތޮޅުތެރޭގައި ތިން ސެލްފް ސާވިސް ބޭންކިންގ ސެންޓަރ ގާއިމްކޮށްފައެވެ އަދި މާލޭގައި އެންމެ ޒަމާނީ ފެންވަރުގެ ކަސްޓަމަރ ސާވިސް ސެންޓަރެއް ވެސް ވަނީ ހުޅުވައި ހިދްމަތް ދޭން ފަށާފައެވެ.
ބޭންކުން ވަނީ މުޅި ރާއްޖެ ހިމެނޭ ބޭންކިން ވިއުގަޔަކާއެކު 20 އަތޮޅުގައި 34 ބްރާންޗް ހުޅުވައި 31 ސެލްފްސަރވިސް ބޭންކިންގ ސެންޓަރާއި 90 އޭޓީއެމާއި، 4600 ޕީއޯއެސް މަރޗަންޓުންގެ އިތުރުން 205 ކޭޝް އޭޖެންޓުން ގާއިމްކޮށްފައެވެ