ޕެރެޑައިސް އައިލެންޑް ރިސޯޓުގެ ޕޫލަކަށް އެރުނު ޓޫރިސްޓަކު ގެނބިގެން މަރުވެއްޖެއެވެ.
އެނގިފައިވާ ގޮތުގައި މިހާދިސާ ހިނގާފައިވަނީ މިއަދު ހެނދުނު 11:00 އެހާކަށްހާއިރުގައެވެ. ޕޫލަށް އެރިގެން އުޅެނިކޮށް ގެނބިގެން މަރުވެފައި ވަނީ ޗައިނާ ރައްޔިތެކެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި މަރުވެފައިވަނީ އުމުރުން 54 އަހަރުގެ އަންހެނެކެވެ. ފުލުހުން ވަނީ ޓޫރިސްޓަކު ގެނބިގެން މަރުވެފައިވާކަން ރިޕޯޓުކުރުމުން އެމައްސަލަ ބަލަމުންދާ ކަމަށް ބުނެފައެވެ.
ދާދި ފަހުންވެސް ރާއްޖޭގެ ރިސޯޓެއް ކަމަށްވާ ހުވަފެންފުށި ރިސޯޓުގައި ޗުއްޓީ ހޭދަކުރަމުންދިޔަ ކުޑަ ކުއްޖަކު ވަނީ ޕޫލަށް ވެއްޓި ގެނބިގެން މަރުވެފައެވެ.