ރައްޔިތުންގެ މަޖިލީހުގެ ތިން ދާއިރާއެއް ތަމްސީލު ކުރަމުންދިޔަ މެމްބަރުންގެ ގޮނޑި ގެއްލިފައިވާކަން އިލެކްޝަންސް ކޮމިޝަނުން އިއުލާންކޮށްފި އެވެ.
އީސީން މިއަދު ގޮނޑި ގެއްލިފައިވާ ކަމަށް އިއުލާންކޮށްފައިވަނީ ތިމަރަފުށީ ދާއިރާގެ މެމްބަރު މުހައްމަދު މުސްތަފާއާއި ތިނަދޫ އުތުރު ދާއިރާގެ މެމްބަރު ސައުދުﷲ ހިލްމީގެ އިތުރުން ފުވައްމުލަކު އުތުރު ދާއިރާގެ މެމްބަރު އަލީ ޝާހުއެވެ.
މި ތިން މެމްބަރުންގެ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން އިއުލާންކޮށްފައިވަނީ ޕީޕީއެމުން ތިން މެމްބަރުން އާދީއްތަ ދުވަހު ވަކިކުރުމަށްފަހު އެކަން އިލެކްޝަންސް ކޮމިޝަނަށް އެންގުމުންނެވެ.
ތިން މެމްބަރުން ޕާޓީން ވަކިކޮށްފައިވަނީ ޕާޓީ ބަދުނާމުވާ ގޮތަށް ވާހަކަ ދެއްކުމާއި ޕާލެމެންޓްރީ ގްރޫޕުގެ ނިންމުންތަކާ ކަނޑައެޅިގެން ޚިލާފުވާ ކަމަށް ބުނެއެވެ. ނަމަވެސް ތިން މެމްބަރުންވެސް ވަނީ އޭގެ ކުރިން އަމިއްލައަށް ޕާޓީން ވަކިވެފައެވެ.