ރާއްޖޭގެ ބައެއް އިލްމުވެރިންނަށް އަމާޒު ކުރައްވައި ރައީސް އަބްދުﷲ ޔާމީން ދެއްކެވި ވާހަކަފުޅުތަކަށް އިލްމުވެރިން ރައްދު ދެއްވައިފިއެވެ.
ރޭ "ފިޔާތޮށީ" ޖަގަހަ ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި އިލްމުވެރިންނަށް އަމާޒު ކުރައްވައި ރައީސް ޔާމީން ވިދާޅުވީ" … އޭރު އެންމެ ވަރުގަދަޔަށް ގޮވަމުން ދިޔަ ގޮވެއްޔަކީ، އަޅުގަނޑުމެންގެ މި ކުޑަކުޑަ ދިވެހިރާއްޖެއަކީ އިސްލާމްދީނަށް ލޯބިކުރާ ރައްޔިތެއް އޮތް ބަޔަކަށް ވާތީ، އެމީހުންގެ އެންމެ ހިމަ ނާރުތަކުގައި ޖަހާ ވިންދާ (ބައެއް ޝޭހުން) މި ކުޅެލީ. އެހެންވީމާ މިދެންނެވި ކަހަލަ ޝޭހުންވެސް ހަމަ ކޮށްފައި ނުކުރާނެ ވަކި ކަމެއް ނޯންނާނެ،".
ރައީސް ޔާމީންގެ މިވާހަކަފުޅު ތަކަށް ރައްދު ދެއްވައި ސަލަފުގެ އިސް ބޭފުޅެއްކަމަށް އަލީ ރަމީޒު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އިލްމުވެރިން ކަންކަން ކުރަންވާގޮތް އެނގިވަޑައިގަންނަވާނީ އިލްމުވެރިންނަށްކަމަށެވެ. އެކަން އެނގޭނީ ޖާހިލުންނަށް ނޫންކަމަށެވެ.
ilmuverin kankan kuranvaa goiy engivadaigannavaanee ilmuverinnasheve. Jaahilunnakah nooneve.
— علي رميز بن قاسم (@aliramyz) October 31, 2017
އޭގެ އިތުރުންވެސް އަލީ ރަމީޒު ވިދާޅުވީ އިސްލާމްދީނަށާއި، އެދީނުގެ އިލްމުވެރިންނަށް ފާޑުކިޔާ، ފުރައްސާރަކުރުމަކީ އައުކަމެއް ނޫންކަމަށެވެ.
«ما عدو الانسان الا لسانه»
Meehakah eynaage dhoo fiyavaa adhaavaiytheriyaku nuve eve.— Shk Hassan M. Fikree (@HassanFikree) October 30, 2017
ޖަމިއްޔަތުއް ސަލަފުގެ އިލްމުވެރިންގެ މަޖިލީހުގައި ހިމެނިވަޑައިގަންނަވާ ޝެއިހް ހަސަން މޫސާ ފިކުރީ ވިދާޅުވީ މީހަކަށް އެމީހެއްގެ ދޫ ފިޔަވައި އެހެން އަދާވަތްތެރިއެއް ނުވާކަމަށެވެ.