Last Updated: June 20, 02:15
Friday, June 19, 2026
ޚަބަރު

ކުޅުދުއްފުށިން ގެއްލުނު މީހާ ފެނިއްޖެ

ހދ. ކުޅުދުއްފުށިން މިއަދު ހެނދުނު ގެއްލިގެން ހޯދަމުން ދިޔަ އަންހެން މީހާ ފަޅު ގޯއްޗެއްގެ ތެރެއަށް ވެއްޓިފައި އޮތްވާ ފެނިއްޖެއެވެ.

ހދ. ނޮޅިވަރަން އިން ކުޅުދުއްފުއްޓަށް ބަދަލުވެ އެރަށުގައި ދިރިއުޅެމުން އަންނަ އައިމިނަތު ޒީނިއާ، އަކޭލާގެ (33އ) ގެއްލިގެން ހޯދަން ފެށީ މިއަދު ހެނދުނު 8:30 ހާއިރުން ފެށިގެންނެވެ. އޭނާ ފެނިފައިވަނީ އެރަށުގައި ހުންނަ ފެމިލީ އެންޑް ޗިލްޑްރަން ސެންޓަރު ސަރަހައްދުގެ ފަޅު ގޯއްޗެއްގެ ތެރެއިންނެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ޒީނިއާ އަކީ ސިކުނޑީގެ އެއްވެސް މައްސަލައެއް ހުންނަ މީހެއް ނޫނެވެ.

ޒީނިއާއަށް ހދ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްއިން ފަރުވާ ދެމުން އަންނަ އިރު އިތުރު މާ ބޮޑު ތަފްސީލެއް ނުލިބެއެވެ.