އައްޑޫ ސިޓީ، ހިތަދޫގައި މިއަދު ހަވީރު ބަނބުކެޔޮ ގަހަކުން ވެއްޓުނު މީހާގެ ހާލު ރަނގަޅު ކަމަށް ހިތަދޫ ރީޖަނަލް ހޮސްޕިޓަލުން ބުނެފިއެވެ.
'އައްޑޫލައިވް' އަށް މައުލޫމާތު ދެއްވަމުން ހިތަދޫ ހޮސްޕިޓަލްގެ މެނޭޖަރ މުހައްމަދު ނަޖީބް ވިދާޅުވީ، މިއަދު އިރުއޮއްސުނު ގަޑީގައި ގަހަކުން ވެއްޓުނު މީހަކަށް ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނަ ކަމަށާއި އޭނާގެ ހާލު ރަނގަޅު ކަމަށެވެ.
ނަޖީބް ވިދާޅުވި ގޮތުގައި ބަނބުކެޔޮ ގަހުން ވެއްޓުނު މީހާގެ އެކްސްރޭ ތަކުން ވެސް އެއްވެސް މައްސަލައެއް ނުދައްކާ ކަމަށާއި މިވަގުތު އޭނާ އޮތީ 24 ގަޑިއިރުގެ އޮބްޒަވޭޝަނަކަށް އެޑްމިޓްކޮށްފައި ކަމަށެވެ.