Last Updated: July 22, 12:00
Wednesday, July 22, 2026
މުނިފޫހިފިލުވުން

ވަރުންގެ "އޮކްޓޯބާ" އެޕްރީލްގައި

ވަރުން ދަވަންގެ ކުރިއަށް އޮތް ފިލްމް "އޮކްޓޯބަ" އަންނަ އަހަރުގެ އެޕްރީލް މަހު ރިލީޒް ކުރާ ގޮތަށް ނިންމައިފި އެވެ.

ވަރުން ވަނީ އެކަން އޭނާގެ އިސްޓްގްރާމްގައި ވެސް ހިއްސާކޮށްފަ އެވެ. "އޮކްޓޯބަ" ސިނަމާތަކަށް އަންނާނީ އެޕްރީލް މަހުގެ 13 ގަ އެވެ.

މި ފިލްމަކީ "ޕީކޫ" ގެ ޑައިރެކްޓަރު ސުޖިތު ސިރްކާސް ޑައިރެކްޓް ކުރާ ފިލްމެކެވެ.

As #October ends, it arrives earlier next year #OCTOBER13thapril. #octoberiscoming

A post shared by Varun Dhawan (@varundvn) on

މީގެ ކުރިން ވަރުން ނުފެންނަ ކަހަލަ ތަފާތު ރޯލަކުން އޭނާ ފެނިގެންދާ "އޮކްޓޯބަ" އަކީ ވަރަށް ތަފާތު ގޮތަކަށް ލޯބީގެ ޑާކް ފިލްމެކެވެ. ރިޕޯޓްތައް ބުނާ ގޮތުން ފިލްމްގައި ވަރުން ފެންނާނީ އެއްވެސް މޭކަޕެއް ނެތި، ވަރަށް ނެޗްރަލްކޮށެވެ.

އޭނާއާ އެކު ފިލްމުން ބަތަލާއެއްގެ ގޮތުގައި ފެނިގެން ދާނީ އަލަށް ތައާރަފުވާ ބިނީތާ ސަންދޫ އެވެ.