Last Updated: June 8, 20:18
Monday, June 8, 2026
ޚަބަރު

އޭސީޕީ މަންނާނު ވެސް މަގާމުން ދުރުކޮށްފި

ފުލުހުންގެ ހިދުމަތުގައި ގިނަ ދުވަސްތަކެއް ހޭދަކުރައްވާފައިވާ އެސިސްޓެންޓް ކޮމިޝަނަރު އޮފް ޕޮލިސް އަބްދުލް މަންނާނު ޔޫސުފް އޭނާ ހުންނެވި މަގާމުން ދުރުކޮށްފި އެވެ.

މަގާމުން ދުރުކުރި އިރު މަންނާނު ހުންނެވީ ކޮމިޝަނަރު އޮފް ޕޮލިސްގެ ބިޔުރޯގެ ވެރިޔާގެ ގޮތުގަ އެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި މަންނާނު މަގާމުން ދުރުކޮށްފައި ވަނީ ފާއިތުވި ހަފުތާގެ ތެރޭގައެވެ.

މަންނާނު އެ މަގާމުން ދުރުކޮށްފައި ވާއިރު ޕޮލިސް ކޮމިޝަނަރު އަހުމަދު އަރީފާއި ޑީސީޕީ ސައުދީއާ ދެމެދު މައްސަލަ ހޫނުވެ އެކަން ހައްލު ކުރަން ރައީސް އޮފީހުން ދަނީ މަސައްކަތް ކުރަމުންނެވެ.

އަދި މީގެ އިތުރުން ފުލުހުންގެ ބައެއް ޑިޕާޓްމަންޓްތަކުގެ އިސްވެރިންނަށް ވެސް މިދިޔަ ހަފްތާގައި ވަނީ ބޮޑެތި ބަދަލުތަކެއް ގެނެސްފައެވެ.